
(ފޮޓޯ ކްރެޑިޓްސް: އެންޑީޓީވީ)
ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް ފެތުރެމުންދާއިރު، އިންސާނުންގެ މެޓަޕްނިއުމޯވައިރަސް ނުވަތަ އެޗްއެމްޕީވީ – ފްލޫ ފަދަ އަލާމާތްތައް ހުންނަ ނޭވާލުމުގެ ބައްޔެއް – އާ ގުޅިގެން ޗައިނާގެ ހޮސްޕިޓަލްތައް މީހުންނާ ފުރިފައިވާ މަންޒަރުތައް ފެންނަމުންދާތީ، ކޮވިޑް-19 ގެ ފަހުން އަނެއްކާވެސް ސިއްޙީ ކާރިސާއެއް ދިމާވެދާނެކަމުގެ ބޮޑު ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. ނަމަވެސް ބެއިޖިންގއިން ވޭތުވެދިޔަ ދުވަސްތަކުގައި މިކަން ކުޑަކޮށް، މިއީ ކޮންމެ އަހަރަކުވެސް ފިނިމޫސުމުގައި ދިމާވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ރިޕޯޓުތަކުން މިވަގުތު ޗައިނާއަށް ދަތުރުކުރުމުގެ ޕްލޭންތައް އަލުން ވިސްނުމަށް ދަތުރުވެރިންނަށް އިންޒާރުދެމުންދާއިރު، ބެއިޖިންގއިން މިފަދަ ކަންބޮޑުވުންތަކަށް އަމާޒުކޮށް ނޫސްބަޔާނެއް ނެރެފައިވެއެވެ. ޗައިނާގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގ ހުކުރު ދުވަހު ވިދާޅުވެފައިވަނީ “ނޭވާލުމުގެ ނިޒާމުގެ އިންފެކްޝަންތައް އާންމުކޮށް އެންމެ ގިނަވަނީ ފިނިމޫސުމުގައި” ކަމަށެވެ. ރައްޔިތުންނާއި ފަތުރުވެރިންނަށް ޔަޤީންކަން ދެމުން އޭނާ ވިދާޅުވި ގޮތުގައި “އަހުރެންނަށް ޔަޤީންކަމާއެކު ބުނެވޭނީ ޗައިނާގެ ސަރުކާރުން ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް އަންނަ ބޭރުގެ މީހުންގެ ސިއްޙަތަށް އަޅާލާކަމެވެ.” އަދި އިތުރަށް ވިދާޅުވީ “ޗައިނާގައި ދަތުރުކުރުން ރައްކާތެރިއެވެ.”
ހޮސްޕިޓަލްތައް ފުރި އޮއްބާލާފައިވާ ކަމަށާއި ނޭވާލުމުގެ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމުގެ ރިޕޯޓުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، އޭނާ ވިދާޅުވީ “މި ބަލިތައް ފާއިތުވި އަހަރާ އަޅާބަލާއިރު މާ ބޮޑަށް ނުރައްކާތެރި ނޫންކަމާއި، ކުޑަ މިންވަރަކަށް ފެތުރެމުންދާ ކަމަށް ފެންނަ” ކަމަށެވެ. އަދި އޭނާ ރައްޔިތުންނާއި ފަތުރުވެރިންނަށް އިލްތިމާސްކުރެއްވީ ޗައިނާގެ ނެޝަނަލް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޗައިނާގެ އެކި ކަންކޮޅުތަކުގައި ނޭވާލުމުގެ ނިޒާމުގެ ބަލިތައް ކުއްލިއަކަށް އިތުރުވެފައިވެއެވެ. މިކަމުން މީހުންނަށް ހަނދާންވަނީ ކޮވިޑް-19 ގެ ދުވަސްވަރު އައި މިފަދަ ރާޅެކެވެ. އިންޑޮނޭޝިއާ، އިންޑިއާ އަދި ޖަޕާން ފަދަ އަވައްޓެރި ޤައުމުތަކުގެ މީޑިއާތަކުންވެސް އެ ޤައުމުތަކުގެ ރައްޔިތުންނަށް ޗައިނާގެ ހާލަތާމެދު ސަމާލުވެ، ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިންޒާރުދީފައިވެއެވެ. ޗައިނާގެ ހޮސްޕިޓަލްތައް ވަނީ އެޗްއެމްޕީވީ، އިންފްލުއެންޒާ އޭ، މައިކޯޕްލާސްމާ ނިއުމޯނިއާ، އަދި ކޮވިޑް-19 ގެ ކޭސްތަކުން ފުރި އޮއްބާލާފައެވެ.
ހިއުމަން މެޓަޕްނިއުމޯވައިރަސް ނުވަތަ އެޗްއެމްޕީވީ އަކީ ކޮބާ؟
އެޗްއެމްޕީވީ އިން ޖެހެނީ ފްލޫ ފަދަ އަލާމާތްތަކެކެވެ. އަދި މި ބަލި ކުޑަކުދިންނާއި ނާޒުކު ގްރޫޕްތަކުގެ މީހުންނަށް ނޭވާލުމުގެ ނިޒާމުގެ ބޮޑެތި މައްސަލަތަކަށް މަގުފަހިކޮށްދެއެވެ. މިއީ ނޭވާލުމުގެ ނިޒާމުގެ މަތީ އަދި ތިރީ ބައިތަކުގައި އިންފެކްޝަން އުފައްދާ ވައިރަސްއެކެވެ. މި ބަލި ފުރަތަމަ ދެނެގަނެވުނީ 2001 ވަނަ އަހަރުއެވެ. ނަމަވެސް މި ބަލި ހުއްޓުވުމަށް އެއްވެސް ވެކްސިނެއް އަދި ތައްޔާރުކުރެވިފައެއް ނުވެއެވެ.
އެޗްއެމްޕީވީގެ އަލާމާތްތައް ވަރަށް ބޮޑަށް ވައްތަރުވަނީ ފްލޫގެ އަލާމާތްތަކާއެވެ. މިސާލަކަށް ކެއްސުން، ހުން އައުން، ނޭފަތް ބެދުން އަދި ނޭވާ ކުރުވުން ފަދަ އަލާމާތްތަކެވެ. ނަމަވެސް ބޮޑަށް ޖެހޭ ކޭސްތަކުގައި، މި ވައިރަސްއިން ބްރޮންކައިޓިސް ނުވަތަ ނިއުމޯނިއާ ފަދަ ބަލިތަކަށް މަގުފަހިކޮށްދެއެވެ. ބަލި ޖެހިފައިވާ މިންވަރަކުން، އާންމުކޮށް އިންކިއުބޭޝަން މުއްދަތު ދެމިގެންދަނީ 3-7 ދުވަހަށެވެ. އަދި ފުރިހަމައަށް ރަނގަޅުވުމަށް އިތުރު ދުވަސްތަކެއް ނަގާފާނެއެވެ.
އެޗްއެމްޕީވީ އަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މާނައަކީ މި ބަލި ވައިގެ ޒަރީއާއިންނާއި އަތުން އަތަށްވެސް ފެތުރިދާނެއެވެ. ކެއްސުމުން ނުވަތަ ކިނބިހުން އެޅުމުން މި ބަލި ފެތުރިދާނެއެވެ. މި ވައިރަސް އާންމު ފިނިހޫނުމިނުގައި ތަކެތީގެ މަތީގައި ދިރިހުރެއެވެ. އެހެންކަމުން އެފަދަ އެއްޗަކަށް އަތްލުމުންވެސް މި ބަލި ޖެހިދާނެއެވެ. މި ބަލި ވަރަށް ގިނަ ގޮތްގޮތުން ކޮވިޑާ ވައްތަރެވެ. އެއް ގޮތަކީ މި ދެ ބައްޔަކީވެސް ނޭވާލުމުގެ ނިޒާމުގެ ބަލިތަކަކަށްވެފައި، ކެއްސުމާއި، ހުން އައުމާއި، ނޭފަތް ބެދުމާއި، ކަރުގައި ރިއްސުމާއި އަދި ނޭވާ ކުރުވުން ފަދަ އަލާމާތްތައް ހުރުމެވެ. މި ދެ ބައްޔަކީވެސް ނޭވާލުމުގެ ނިޒާމުން ބޭރުވާ ކުދި ފޮދުތަކުން ފެތުރޭ ބައްޔެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
