
ކ. ހިންމަފުށީގައި ރޭގައި ކަރަންޓުގައި ޖެހުނު އެރަށު ކައުންސިލްގެ އަންހެން މެމްބަރު، ވަފިއްޔާ އިބްރާހިމްގެ ހާލު ބެއްލެވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޓީމެއް އޭޑީކޭއަށް ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަޒީރު، އާދަމް ޝަރީފް ވިދާޅުވީ ހިންމަފުށީގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުންދިޔަ ކައުންސިލް މެންބަރު ވަފިއްޔާ އިބުރާހީމް ކަރަންޓްގައި ޖެހުމުގެ ސަބަބުން މާލެ ގެނައުމާއެކު، އޭނާގެ ހާލު ބައްލަވާލެއްވުމަށް މިނިސްޓްރީގެ މުވައްޒަފުން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
ހިންމަފުށީ ކައުންސިލްގެ މެމްބަރު، މުނިޔާތުއްނިސާ ވިދާޅުވީ ވަފިއްޔާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން މައުލުމާތު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް “ރެސްޕޯންޑު” ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. “މިހާރު މާލެ ފޮނުވައިފި. މިކޮޅުން ދިޔަ އިރު ރެސްޕޯންޑު ކުރޭ. އެހެން ނަމަވެސް އާއިލާއިން ބުނީ ހާލުބޮޑު ކަމަށް.” މުނިޔާތުއްނިސާ ވިދާޅުވިއެވެ.
ވަފިއްޔާ ކަރަންޓު ޖެހުނީ ސޮކެޓަކުން ޓޮޕެއް ނައްޓަން އުޅުމުގެ ތެރޭގައި މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އޭނާ މާލެ ގެނެސްފައިވަނީ ހިންމަފުށީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ވަކި ވަކި ރަށްރަށުގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
