
ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެއްބާރުލުންދޭ ގައުމެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު، ޑރ. އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން މިއަދު ދިއްލީގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލާއެއް ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.
އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ދެގައުމުން އެއްގައުމު އަނެއްގައުމަށް ދޭ ތަރައްޤީގެ އެއްބާރުލުމާއި، އިޤްތިޞާދީ ގޮތުންނާއި ސަލާމަތާއި، ފިންޓެކް އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި “ނެއިބަރހުޑް ފަސްޓް” ސިޔާސަތާއި ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ޤައުމެއްގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން ރާއްޖޭގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. މިއަދު ސޮއި ކުރި އެއްބަސްވުމާއެކު ފެށިގެން ގޮސްފައިވަނީ ގްރާސްރޫޓް ލެވެލްގައި ސީދާ ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ޕްރޮޖެކްޓް ބޭސްޑް ކޯޕަރޭޝަންގެ ތިންވަނަ ފިޔަވައްސެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
