
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު ދިއްލީގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު ޖައިޝަންކަރާއެއް ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދަށުން ރާއްޖޭގައި މިހާތަނަށް ގިނަ މަޝްރޫއުތަކެއް ފުރިހަމަކޮށްފައިވެއެވެ. މިއީ ސީދާ ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. މިއަދު ސޮއި ކުރި އެއްބަސްވުމާއެކު ފެށިގެން ގޮސްފައިވަނީ ގްރާސްރޫޓް ލެވެލްގައި ސީދާ ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ޕްރޮޖެކްޓް ބޭސްޑް ކޯޕަރޭޝަންގެ ތިންވަނަ ފިޔަވައްސެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މިނިސްޓަރ ޑރ. ޚަލީލާއި ޖައިޝަންކަރުގެ މި ބައްދަލުކުރެއްވުމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ލީޑަރުން މަޝްވަރާކޮށް ނިންމެވި ކަންކަމާއި، ދެގައުމުގެ ގުޅުމަށް އިސްކަންދެއްވާ ދާއިރާތަކާއި، ދެ ގައުމު ގުޅިގެން ކުރުމަށް ނިންމާފައިވާ އެންމެހާ ކަންކަމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެވަޒީރުން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވެވި މި ރަސްމީ މަޝްވަރާތަކުގައި، އިޤްތިޞާދީ ގޮތުން، އިންޑިޔާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓް އިނީޝިއޭޓިވްސްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ދެވަޒީރުން ވެސް ފާހަގަކުރެއްވިއެވެ.
މަޝްވަރާގެ ބައްދަލުވުމުގައި ވަޒީރު ޚަލީލް ވަނީ ރާއްޖެއށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ، ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި އިންޑިޔާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
