
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޮރަޕްޝަނުގެ އަމަލުތައް ރާއްޖޭގައި މޫލަމުން އަންނަ ކަމަށާއި މި ސަރުކާރުން މޫނަށް ކަނދުރާއަށް ބެލުމެއް ނެތި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަބްދުއްރަހީމު ވިިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނަށް ފުރުސަތު ދޭނެ ސަރުކާރެއް ނޫން ކަމަށާއި ކޮރަޕްޝަނުގެ އަމަލު ހިންގީ ކާކުތޯ ރައީސް ޑރ.މުހައްމަދު މުއިއްޒު ނުބައްލަވާނެ ކަމަށެވެ. މީގެކުރީ ސަރުކާރުތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި ކަންކުރި މީހާއަށް ބަލާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމު ވިދާޅުވީ އެއީ ކުރީގެ ރައީސެއް ކަމުގައި ވިޔަސް އަދި ކޮންމެ މީހަކު ކަމުގައިވިޔަސް އެކުރި ކަމުގެ ބޮޑު މިނަށް ބަލައި އަދަބު ލިބެން ޖެހޭނެ ކަމަށެވެ. ކުރިން އެގޮތަށް ބަލަން ހަދައިގެން ދައުލަތުން ވަގަށް ނެގި އެތައް ފައިސާއެއް އަދިވެސް ނުލިބި ހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
“ދައުލަތަށް ގައުމަށް ޚިޔާނާތްތެރިވީމާ އެ މައްސަލަ ބަލަން ޖެހޭ އެއީ ކޮންމެ މީހަކު ވިޔަސް. “އެއީ ކުރީ ސަރުކާރުގެ ވަޒީރެއްތޯ؟ އެއީ ކުރީ ސަރުކާރުގެ ވެރިއެއްތޯ؟ އެއީ ކުރީގެ ރައީސެއްތޯ؟ ނައިބުރައީސެއްތޯވެސް ބަލާކަށް ނުޖެހޭ، ކަންކުރި މީހާއަކަށް ނޫޫން ބަލލަންވީ ކުރި ކަމަށް ބަލަންވީ.”، އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒުގެ އަމާޒަކީ އެ ކުށުގެ ކުޑަ ބޮޑު މިން ބެލުމަށްފަހު އޭގައި ހިމެނޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ. އެއީ ދަލަތުގެ ވަޒީރެއް ނުވަތަ ކުންފުންޏެއްގެ އިިސްވެރިއެއް ނުވަތަ ކުރީގެ ރައީސަކަށް ވިޔަސް ކޮރަޕްޝަނުގެ އަމަލެއް ހިންގައިފިނަމަ މި ސަރުކާރުން އެކަން ބަލައި ނުގަންނާނެ ކަމަށާއި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭނެ ކަމަށް ވަނީ ވިިދާޅުވެފައެވެ.
“ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ ގާނޫނާ އެއްގޮތަށްތޯ ގާނޫނާ ހިލާފަށްތޯ މާލިއްޔަތު ގާނޫނުން އެކަން ކުރަން ތަންދޭތޯ ނުދޭތޯ އޭގައި ދައުލަތަށް ވަނީ ކިހާވަރެއްގެ ގެއްލުމެއްތޯ އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ؟.”، އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމު އިތުރަށް ވިދާޅުވީީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ރައީސް މުއިއްޒުގެެ ސިޔާސަތުތަކަށް، ސަރުކާރުުގެ ދުވެއްޔަށްވެސް އަދި މަޖިލީހުގެ މަސައްކަތަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ހަވާލުކޮށްފައިވާ މަޤާމުގައި އަދާކުރަން ޖެހޭ ޒިންމާތަކުގެ ބޭރުން ކަމެއް ކޮށްފިނަމަ އެކަމެއް ބަލާނެކަން މި ސަރުކާރުން ސާބިތުކޮށްދެމުންދާ ކަމަށް އަބްދުއްރަހީމު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
