
އެސްޓީއޯ އިން މާފަންނުގައި އައު ފާމަސީއެއް ހުޅުވައިފިއެވެ. މި ފާމަސީ ހުޅުވާފައި ވަނީ މަޖީދީ މަގު، ޕީކަބޫ ފިހާރަ ކުރިމަތީގައެވެ.
އެސްޓީއޯއިން ވިދާޅުވީ މިއީ ގިނަ ކްލިނިކްސް ތަކެއް ހުންނަ ހިސާބެއްކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާއި ކައިރިން ލިބެންހުންނާނެ ކަމަށެވެ.

އެސްޓީއޯ އަލަށް ހުޅުވި މި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެކެވެ. އެގޮތުން ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އެކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބޭނެއެވެ.
މި ފާމަސީގެ ދެ ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށެވެ. އަދި ދެވަނަ ފަންގިފިލާގައި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ހުންނާނެއެވެ.
އެސްޓީއޯއިން ވިދާޅުވީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ޙިދުމަތް ހޯދަންދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ފާމަސީ ހުޅުވާފައި ހުންނަ ވަގުތުތައް:
ހޮނިހުރު – ބުރާސްފަތި: ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް
ހުކުރު: މެންދުރު 02:00 އިން ރޭގަނޑު 10:00 އަށް
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
