
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގައި އަމާން، ރައްކާތެރި އަދި ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ ރާއްޖޭގައި އަމަން އަމާންކަން ޤާއިމުކޮށް ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އަމާން ރައްކާތެރި ރާއްޖެއެއް މި ސަރުކާރުން ބިނާކުރާނެ ކަމަށެވެ. އެގޮތުން ކުށްތައް މަދުކޮށް މަސްތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް މި ސަރުކާރުން އިސްކަންދޭކަން ވަނީ ފާހަގަކުރައްވާފައެވެ.
“ތަނެއްގައި ހަމަޖެހުމެއް ނެތިއްޔާ ކުރިއެރުމެއް ނުހޯދޭނެ. އެގޮތުން މަސްތުވާތަކެއްޗާ ދުރަށް ޒުވާނުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. ގޭންގު ކުށްތައް ހުއްޓުވުން ވަރަށް މުހިންމު. އެ ދެ ކަން ކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ފާސްކުރުމަށް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައި. ހަމައެހެންމެ އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދިވެހި މުޖުތަމަޢު ދުރުކުރުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވޯޓުން ހޯދާފައިވާ ވެރިޔަކަށް ދައުރު ނިމެންދެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ދޭން ޖެހޭނެއެވެ. ހަމައެއާއެކު ފާއިތުވީ އެއް އަހަރު ދުވަހު ސަރުކާރުން ހޯއްދެވި ކާމިޔާބީތަކަށްވެސް އަބްދުއްރަހީމު ވަނީ އަލިއަޅުއްވާފައެވެ.
މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުތަކާއި ގަވާއިދުތަކަށް އިޞްލާޙު ގެންނަންވާނީ ހަމައެކަނި މިއަދަށް ނޫން، މުސްތަޤުބަލަށް ވެސް ވިސްނައިގެންނެވެ. އެގޮތުން މިހާރު ސަރުކާރުން ޤާނޫނު އަސާސީއަށް އަދި ގަވައިދުތަކަށް އެ ގެންނަ އިސްލާހުތަކަކީ މުސްތަޤޫބަލަށް ވިސްނައިގެން ރާއްޖެއަށް އަދި ރައްޔިތުންނަށް އޭގެ ފުރިހަމަ ނަފާ ލިބޭ ގޮތަށް ގެންނަ އިސްލާހުތަކެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
“މިއީ މިއަދަށް އެކަންޏެއްނޫން، އަޅުގަނޑުމެންގެ މުސްތަގުބަލަށް ޤާނޫނުތަކާއި ގަވައިދުތަކަށް އިސްލާހު ގެންނަންވާނީ ހަމައެކަނި އެވަގުތަށް ވިސްނައިގެން ކަމަކަށް ގަބޫލެއް ނުކުރެވޭ. ކުރިޔަށް އޮތް މުސްތަގުބަލަށް ވިސްނައިގެން ޤާނޫނާއި ޤަވައިދު ނަހަދާކަމަށްވަންޏާ އޭގެ ހަޤީގީ ފައިދާއެއް ރައްޔިތުންނަކަށް ނުކުރާނެ. އެހެންވީމާ އަޅުގަނޑުމެން މިގެނައި އިސްލާހުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ޔަޤިންކަމެއް އެބަލިބޭ ދިވެހިރާއްޖޭގެ ސަރަހައްދަކަށް އެހާފަސޭހައިން ނުވަދެވޭނެކަން.” އަބްދުއްރަހީމު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ނިންމާލަމުން ވިދާޅުވީ، މި މަޤްޞަދުތައް ޙާޞިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމާއި، މި މަސައްކަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
