
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހުރިހާ ކަމެއް އޮތީ ފާލުން ނެއްޓިފައި ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޗެއަރޕާސަންކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށް ދަރަޖައެއްގައެވެ. އަދި ހަމަޖެހުމާއި އިޖުތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމްކުރުމުގެ ނިޒާމުތައް ވެސް އޮތީ ފެއިލްވެފައެވެ. “ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހުރިހާ ކަމެއް އޮތުން ފާލުން ނައްޓާފައި. ހަމެޖެހުމާއި އިޖުތިމާޢީ އަދާލަތާއި އިންސާފު ޤާއިމްކުރުމާއި މާލީ ހާލަތު އޮތީ ފެއިލްވެފައި. އެހެން އޮތްވާ 1 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދަވައިފި.”، ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ދަތި ހާލަތުގައި ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހޯއްދާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ އިތުރުން ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި މިހާތަނަށް ރާއްޖެއަށް ނާންނަ މިންވަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ފަދަ ބޮޑެތި ކާމިޔާބީތައް ހޯއްދެވި ކަން އަބްދުއްރަހީމު ވަނީ ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން 2024 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދުމަށް އެކަށީގެންވާ ބަޖެޓެއް ނޫނެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ރައީސް މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ، މެދުކެނޑުމެއް ނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
2024 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށާއި ސިޔާސީ މަޝްރަޙަށް ގިނަ ބަދަލުތަކެއް އައި އަހަރެކެވެ. އަދި 2025 ވަނަ އަހަރަކީ މި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ އަހަރެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓު ވެގެންދާނީ ސަރުކާރުގެ ދުވެލި އިތުރަށް ބާރުކޮށް ގިނަ ކާމިޔާބީތައް ހާސިލްކުރެވޭނެ އަހަރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
