
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ 52 ފުރުސަތާ އެކު، “ވޯލްޑްސް ބިގެސްޓް ގިވްއަވޭ” ޕްރޮމޯޝަންގެ ނަމުގައި ބޮޑު ޕްރޮމޯޝަން ހަރަކާތެއް އެމްއެމްޕީއާރުސީން މިއަދު ފަށައިފި އެވެ. ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަންގެ ގޮތުގައި، މި ފޯރިގަދަ ކެމްޕެއިން ކުރިއަށް ގެންދާނީ “ވިޒިޓް މޯލްޑިވްސް” ގެ ޕްލެޓްފޯމްތަކުގައި ކޮންމެ މަހަކު ބާއްވާ ސޯޝަލް މީޑިއާ މުބާރަތްތަކެއްގެ ތެރެއިން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ކޮންމެ މަހަކު ވެސް ނަސީބުވެރި ހަތަރު މީހަކު ގުރުއަތު ހޮވާއިރު، ކޮންމެ ނަސީބުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި 52 މުބާރާތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލާއިރު، ސާފު ގޮނޑުދޮށްތަކާއި ދިރުންތަކާއި ސަގާފަތުން ފެށިގެން ފޯރިގަދަ ޑައިވިން އެޑްވެންޗާތަކާއި ލަގްޒަރީ ރިޓްރީޓްތަކާ ގުޅުވައި، ހާއްސަ ސަމާލުކަމެއް ދޭން ރާވާފައިވަނީ، ރާއްޖެ މަޝްހޫރުވެފައި އޮތް ހަނީމޫން، ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ޝައުގުވެރި ސެގްމަންޓްތަކަށެވެ.

އެމްއެމްޕީއާރުސީން ބުނީ، ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ކެމްޕޭންގެ މަގުސަދަކީ ދަތުރުފަތުރު ކުރުމަށް ލޯބިކުރާ މީހުން ސޯޝަލް މީޑިއާގައި ޝައުގުވެރިކޮށް، އެންމެ މަތީފަންތީގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.
މުޅި ދުނިޔެ އަށް ހުޅުވާލާފައިވާ މި ހަރަކާތަކީ، އެކި ސަރަހައްދުތަކުގައި ތިބި މީހުންނަށް ބައިވެރިވުމަށް ދައުވަތު ދީ، ރާއްޖޭގައި ހުރި ތަފާތު އެޓްރެކްޝަންތައް ހޯދައި، އަމިއްލަ އަށް ތަޖުރިބާކޮށް، މުޅި އަހަރު ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އަށް ދެ މިލިއަނަށް ވުރެ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. އެ ތާރީހީ ކާމިޔާބުގެ މަތީގައި، މި ފެށި 2025 ވަނަ އަހަރު ވެސް އެ އަދަދު 15 ޕަސަންޓަށް އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައި، މަސައްކަތް ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
