
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި “ކެޓެގަރީ އޭ”ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސްދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. “ކެޓެގަރީ ބީ”ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ޑޮލަރު މާރުކުރުމަށް އެ ގާނޫނުގައި ހިމަނާފައިވާ ދެގޮތުގެ ތެރެއިން ގޮތެއް އިހުތިޔާރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް އެމްއެމްއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭރު ފައިސާއާ ބެހޭ ގަވައިދެއް ވެސް އެމްއެމްއޭ އިން ގެޒެޓު ކުރި އެވެ. ގާނޫނުގައި ބުނާ ގޮތުން އެމްއެމްއޭ އިން އާންމުކުރި ގަވާއިދާ އެއްގޮތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.
އެހެންވެ، މިދިޔަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރިސޯޓުތަކަށް އައިސްފައިވާ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެ އެވެ. ގެސްޓް ހައުސްތަކަށް އައިސްފައިވާ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެ އެވެ. ނުވަތަ، ގާނޫނުން ދީފައިވާ އެހެން އިހުތިޔާރުތަކާ އެއްގޮތަށް މިއަދުން ފެށިގެން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް މިދިޔަ ޑިސެމްބަރު 12 ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ ބޭންކުތަކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރާ ނަމަ ބޮޑު ފައިދާއެއް ވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެއީ:
1- ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބްލެކް މާކެޓްގެ ބަދަލުގައި ރަސްމީ ރޭޓްގައި ޑޮލަރު ގަންނަން ފެށުން. އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައި މަހު އެކަން ފަށައިގަނެވޭނެ ކަމަށާއި އޭގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި.
2- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކަށް މިހާރު ވިއްކާ 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރު ވިއްކަން ފެށޭނެ. އެ އުސޫލުން ޑޮލަރު ވިއްކަން ފެށޭނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި.
3- ކްރެޑިޓް ކާޑުގެ ލިމިޓް 700 ޑޮލަރުން 1،400 ޑޮލަރާ ހަމައަށް މަތިވާނެ.
4- ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކުރާނެ. އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި.
“ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ވީމާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ތިބޭނީ ރައްޔިތުންގެ ފަޅީގައޭ. އަޅުގަނޑު ނެތިން މި ގަވާއިދު ބަދަލުކުރާކަށެއް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ،” މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
