
ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އާ އެކުގައި ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަދުން ފެށިގެން ތަންފީޒު ކުރަން ފެށުމާ ގުޅިގެން މަރުހަބާ ކިޔާ ކަމަށެވެ. މި އެއްބަސްވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު މޭލުގާއެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ވުނަކުރުންތަކަށް ފުރުސަތު ހުޅުވި، ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށް ބަޔާނުގައިވެއެވެ.
މިނިވަން ވިޔަފާރީގެ މައިގަނޑު މަގްސަދުތަކަކީ އެކްސްޕޯޓު އިތުރު ކުރުމާއި ވިޔަފާރީގެ ހުރަސްތައް މަދު ކުރުމާއި ރާއްޖެ އާއި ޗައިނާގެ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް އުފައްދާ ފަހިކޮށް ދިނުން ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. “ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން މި އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓު ކުރެވެއެވެ. އަދި މަހުގެ އުފެއްދުންތައް ރީއެކްސްޕޯޓް ކުރުމަށް ވެސް މަގުފަހިވެގެން ދާނެއެވެ.” ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ މިދިޔަ އޮކްޓޯބަރު 29 ގައި ޗައިނާ އާއި ރާއްޖެ އިން ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސް ކުރުމާއި ކަރަންޓީނު ކުރުމުގެ ޕްރޮޓޮކޯލްގެ ސަބަބުން ކަނޑުގެ ކާނާގެ އުފެއްދުންތައް ބޭރުކުރަން ފަސޭހަވެ، ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ދުރު ވިސްނުންފުޅަށާއި ރޭވުންތެރިކަމަށް ތައުރީފްކޮށް މަރުހަބާ ކިޔާ ކަމަށް ވެސް ފިޝަރީޒްގެ ބަޔާނުގައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މި އެއްބަސްވުން ތަންފީޒު ކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާ ކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް އަމަލު ކުރަން ފެށި އިރު، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާ އިން މުދާ ގެންނަ ކަމަށްވާ ނަމަ، ރާއްޖޭގެ ބޭންކަށް ރުފިޔާ އިން ފައިސާ ދައްކައިގެން އެ މުދަލެއް ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ ވިޔަފާރިވެރިން ޑޮލަރު ބޭނުން ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވެގެންދެއެވެ. އެގޮތުން ޑިއުޓީ އުނިވެގެންދާ ބާވަތްތަކުގެ ތެރޭގައި 296 ބާވަތަކީ މަސްވެރިކަމުގެ ބާވަތްތަކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
