
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެއް ކަމަށާއި މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އަހަރަކަށްވެ، އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އާ އަހަރާއި ގުޅިގެން ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށާއި އެއީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ގައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
“ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމެވެ. ދުސްތޫރީ އިސްލާހުތަކެވެ. އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިގުތިސާދެވެ. މި ހުރިހައި ކަމަކާއެކީގައި ތަރައްގީވެފައިވާ ގްއުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މިއެވެ،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ ކަމަށާއި ނަތީޖާއަކަށް ވާނީ، އިގުތިސާދީ ފުދުންތެރިކަން އިއާދަވާން ފެށުން ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެން ދިއުމާއެކު އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެން ފަށާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެކެވެ. ގައުމީ ފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެއެވެ. ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުމެވެ. ވަޢުދުތައް ފުއްދުމެވެ. އިތުބާރު ދެމެހެއްޓުމެވެ. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމެވެ. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމެވެ.”.
އާ އަހަރުގައި ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން ކަމަށާއި ސުލްހަ މަސްލަހަތު އިސްކުރުމާއި ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ފެށުނު އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
