
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މި އަހަރުގެ އާ އަހަރުގެ ތަހުނިޔާ އެކުވެރި ގައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކަށް ފޮނުވައިފިއެވެ. ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ބައިނަލްއަގްވާމީ ޖަމިއްޔާ، ޖަމާއަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ތަހުނިޔާ ވިދާޅުވެފައިވެއެވެ. މި ފެށުނު އަހަރަކީ މިދިޔަ އަހަރަށް ވުރެ ނިޔާމަ އަހަރަކަށްވުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރަކީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު، ގޮންޖެހުން ބޮޑު އަހަރެއް ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ދަތި ނިންމުމެއް ވެސް ނިންމީ ރައްޔިތުންގެ ހައްގުަގއި އަދި ރާއްޖޭގެ ފައިދާއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރު މުއްދަތުގައި ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ. އިރާދަކުރެއްވިއްޔާ މި ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ. ތިޔަ އެންމެހާ ރައްޔިތުންނަށް މިކަންކަމުގެ ލާބައާއި މަންފާ ލިބެން ފަށާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ވަރުގަދަ، އަދި މިހާރަށް ވުރެ ބަދަހި މުޖުތަމައެއް ގާއިމުވާނެ އަހަރަކަށް ވުމަކީ އުންމީދެކެވެ. އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަވެ، އެކަކު އަނެކާއަށް ހެޔޮ އަމަލުކުރުމަށް ބާރުއަޅާ އަހުލާގެއް ދިވެހީންގެ ތެރޭގައި އާލާވުމަކީ ވެސް އުންމީދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ވިދާޅުވީ އަންނަ އަހަރު ވެގެން ދާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ އެކި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތަކުގެ އަހަރަކަށް ކަމަށެވެ. އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރެވި، ފުދުންތެރިކަން އިތުރު ކުރެވި، މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ވެގެން ދާނީ އަމާންކަމާއި ހަމަޖެހުމުގެ ބިންގަލުގެ މަތީގައި ތަރައްގީ ހާސިލް ކުރުމުގެ އަހަރެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
