
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، އުއްމީދަކީ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ އަލުން ފާލަން ބޭނުން ފެށުން ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އަލުން ތަރައްގީ ކުރާ ރަސްމީ ފާލަމަކީ ދިވެހިންގެ ޤައުމިއްޔަތާއި ސަޤާފަތް ރަމްޒުކޮށްދޭ ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމަށް އެމްޓީސީސިން މައުލޫމާތު ދެއްވައެވެ. އިއްޒުދީން ފާލަމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު އައިސް ހަވާލުވިއިރު ފާލަން ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ކަމަށެވެ. ނަމަވެސް އެއިރު މަސައްކަތް ނުފެށި އޮތްއިރު، އެއިރު އޮތް ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައިތައް ވެއްޓި ބަޔަކަށް ގެއްލުން ވެދާނެތީ ރޫޅާލަން އެންގި ކަަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރޫޅާލުމަށްފަހު އެއިރު މަސައްކަތް ފެށެން ތައްޔާރުނުވާތީ، އެ މަސައްކަތް ލަސްވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ. “މިއީ މާލޭގެ މަލަމައްޗަށް ވެފައި ފާލަން އެގޮތަށް ބަންދު ކޮށްފައި ބެހެއްޓުމަކީ މިތަނަށް އަރާ ފައިބާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފާހަގަކުރެވި، މަލަމަތީގެ ރީތިކަން ގެއްލިގެންދާ ކަމަށްވާތީ، ސަރުކާރުންް ވަރަށް ބޮޑަށް ޕުޝްކޮށްގެން މި ދަނީ މަސައްކަތް ނިންމުމަށްޓަކައި”.
މިގޮތުން އަލަށް ހެދުނު ޑިޒައިނާ އެއްގޮތަށް މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. “އުއްމީދު ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވި، އަޅުގަނޑުމެންނަށް ފާލަން ބޭނުން ކުރެވެން ފެށޭނެ ކަމަށް،”. ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީކް ސްޓްރަކްޗަރ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އިއްޒުއްދީން ފާލަން ތަރައްގީކޮށްފައިވަނީ 2015 އަހަރުއެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުން ކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުނު މުނާސަބަތާއި ގުޅިގެން އިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާ ކުރީ ވެސް އެމްޓީސީސީންނެވެ. އެ ފާލަން ފަރުމާ އޭރު ކުރީ އިހުޒަމާނުގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރި އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއްގެ ކަމަށް ބަލައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
