
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2025 އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ޝަރަފްވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު މި ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.
މިއަދު އިފްތިތާހުކުރެވިގެންދިޔަ ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ މި މަޝްރޫޢަކީ ނަމާދާއި ނަމާދުގެ މުހިންމުކަން މުޅި މުޖުތަމއއަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ރިސާލަތު ޕްރޮގްރާމް ހާއްސަކޮށްފައި އިސްލާމީ އަހްލާގަށް ކަމަށްވެސް ވިދާޅުވިއެވެ. މި އަހަރުގެ ރައީސް މެނިފެސްޓޯގައިވާ ގޮތުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ މަތިކުރެވިފައިވާ ވަރަށް ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށާއި އެގޮތުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އުފެއްދުމާއި، ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމްކުރުންފަދަ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމަށެވެ. މި އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރަށްވާއިރު ގިނަ އަދަދަކަށް ގުރްއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއްކަމާއި އަދި ރާއްޖޭގެ ތާރީޚުގައި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތަކެއް ކުރެވުނު އަހަރެއްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވިފައިވާތީ ވުޒާރާގެ މުވައްޒަފުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
2025ގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަގުފް ބިލްޑިންގތައް އާރާސްކުރެވި ޒަކާތު ހައުސްގެ ބިލްޑިންގ އެޅި ވަރަށް އައު ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތައް މިކުރެވެނީ އެކުވެރިކަމާއެކު ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމްޢިއްޔާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނާއި ހުރިހާ ކައުންސިލްތަކުން ގުޅިގެން ކުރެވުނު މަސައްކަތްތައް ކަމަށްވާތީ އެފަރާތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ބައިވެރިވި 281 ބައިވެރިންގެ ތެރެއިން ދިވެހި އަދި އިނގިރޭސި ކެޓަގަރީން ވަނަވަނައަށް ދިޔަ ބައިވެރިން އިއުލާންކޮށް އިނާމު ދީފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން، އިސްލާމީ ނޫރު ފަތުރާ، ދީނަށް ލޯބިކުރާ މުޖުތުމައުއެއް އުފެއްދުމުގެ މަގުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ރިސާލަތު ޕްރޮގުރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު އެއް ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަގީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމާއި، ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކޮށް، އިސްލާމްދީނުގައި ހުރި މުހިއްމު ކަންކަމަށް ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
