
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލީ ގޮތުން ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން މަތީ ތައުލީމް ހާސިލްކުރަން ފުރުސަތު ދެވޭ ގޮތަށް މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލު އެކުލަވާލައިފިއެވެ. ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލު”ގައި ވަނީ ޒަކާތު ފަންޑުގެ ސްކޮލަޝިޕާއި ހާއްސަ ސްކޮލަޝިޕް އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދެވޭނެ ގޮތްތައް ބަޔާންކޮށްފައެވެ. އެ އުސޫލު މީގެ ކުރިން އޮތީ ސްކޮލަޝިޕާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދޭ ގޮތަށެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ. މިއުސޫލުގެ ދަށުން ސްކޮލަޝިޕް ދެވޭނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ އަދި އެއޮތޯރިޓީން ގަބޫލުކުރާ މަރުކަޒުތަކަށެވެ. ރާއްޖެއިން ބޭރުގައިނަމަ މިއުސޫލުގެ ދަށުން ކަނޑައަޅައި އާންމުކުރާ އޯއައިސީ ގައުމުތަކަށް އިސްކަންދެވޭނެއެެވެ.
ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލުގައިވާ ގޮތުން ސްކޮލަޝިޕް ދިނުމުގައި އިސްކަމެއް ދޭނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި މާލީ ފުދުންތެރިކަން ނެތް މިންވަރާއި ތައުލީމީ ފެންވަރާއި ގައުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ. އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ ފުދުންތެރިކަން ނެތުމާއި ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުމާއި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުމާއި ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން ހިމެނެއެވެ.
ނަމަވެސް ހާސިލްކޮށްފައިވާ ތައުލީމީ ސެޓުފިކެޓަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތައުލީމު ހާސިލްކުރުމަށް އެދޭ ދަރިވަރުންނާއި ކިޔަވައިފައިވާ ދާއިރާއާ ގުޅޭ އިސްލާމިކް ކޮންސެޕްޓް ހިމެނޭ ކޯހެއް ހެދުމަށް ބޭނުންވާ ދަރިވަރުން އިސްތިސްނާވާނެއެވެ. ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ އެހީގައި ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވާ ފަރާތަކަށް މި އެހީއެއް ނުލިބޭނެއެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އަދި ވިސާ ފީއާ ސްޓައިޕެންޑާއި ބުކިން އެލަވަންސް ދޭނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
