
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުގެ ކުންފުނިތަކުން ލޯން ނަގާއިރު، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ “ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން” މިހާރު ވަނީ އިސްލާހުކޮށްފައެވެ.
އިސްލާޙުގައިވާ ގޮތުން ލޯނު ނަގަން ބޭނުންވާ ސަރުކާރު ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ނިންމުމަށްފަހު އެކަން ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހޭނެއެވެ. އަދި އެ ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން ލޯނު ނެގުމަށް ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެކަން އަންގަންވާނެ ކަމަށް އުސޫލުގައިވެއެވެ.
މި އުސޫލުގެ ދަށުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސަށެވެ.އަދި ވިޔަފާރިކުރާ ދައުލަތުގެ އެހެނިހެން ތަންތަނުން ވެސް ލޯނު ނެގުމުގައި ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދުމަށް އެދިފައިވެއެވެ. މީގެއިތުރުން ކުންފުނި އުފައްދާފައިވާ މަގްސަދާއި ކުންފުނީގެ ރައުސުލްމާލަށް ރިއާޔަތްކޮށް މާލީ ވުޒާރާގެ ލަފަޔާއެކު، ކުންފުނިތައް ގިންތި ކުރަން ވާނީ ޕްރައިވަޓައިޒޭޝަން ބޯޑުން ކަމަށް ވަނީ ނިންމައިފައެވެ. އަދި ޕްރައިވަޓައިޒޭޝަން ބޯޑޫން ކަނޑައަޅާ ގިންތިއަށް ބިނާކޮށް، އަލަށް އުފައްދާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް އިނާޔަތް ދޭންވާނީ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް ވެސް އޭގައިވެއެވެ.
އުސޫލުގައިވާ ގޮތުން ކުންފުނީގެ ފުރަތަމަ އަހަރު ނިމުމުން، މިއުސޫލާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތައް އެސެސްމަންޓް ހެދުމަށްފަހު، ކުންފުނި އަލުން ގިންތި ކުރެވޭނެއެވެ. މި ގެނެވުނު ބަދަލާއެކު އަލަށް އުފައްދާ ސަރުކާރު ހިއްސާވާ ކުންފުނިތައް، ކުންފުނީގެ މަޤްސަދާއި، ރައުސުލްމާލަށް ރިއާޔަތްކޮށް، މާލީ ވުޒާރާގެ ލަފަޔާއެކު މިބޯޑުން ގިންތިކުރަމުންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
