
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އިންޑިއާއަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރީޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދަކާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ 10، އިން 14 ގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، މިއީ މަޖިލިސް ރައީސް ކަމާއި ހަވާލުވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެން ނަމަވެސް މި ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
އަބްދުއްރަހީމް ވަނީ ދާދިފަހުން ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދިޔަ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެންފައެވެ. އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
