
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ “ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން” (ނ.ޢ.ޢ.ވ) 4 ބޭފުޅަކަށް މިއަދު އަރުވައިފިއެވެ. މި ޝަރަފު ލިބިވަޑައިގަތް ބޭފުޅުންނަކީ:
ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު): ވިޔަފާރި، ފަތުރުވެރިކަން، އަދި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިޤްތިޞާދީ ކުރިއެރުވުމަށާއި، އިޖުތިމާޢީ ކަންކަމަށް “ޢަލިފުޅު ތުއްތު ފައުންޑޭޝަން” މެދުވެރިކޮށް ބޮޑެތި އެހީތަކެއް ވެވަޑައިގަންނަވައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޗަމްޕާ ޙުސައިން ޢަފީފް: ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަތުރުވެރިކަމާއި، ބޭންކިންގ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއި ކޮމާޝަލް ބޭންކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ: އިސްލާމީ ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޢަރަބި އިސްލާމީ ތަޢުލީމު ރާއްޖޭގައި ފުޅާކުރުމަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. މަޢުހަދާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އިސް މަގާމުތައް ފުރުއްވިއެވެ.
ޑރ. މުޙައްމަދު ލަޠީފް: ތަޢުލީމީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެޑިޔުކޭޝަން މިނިސްޓަރުކަމާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ މަންހަޖު އެކުލަވައިލުމާއި މަތީ ތަޢުލީމު ފުޅާކުރުމުގެ މޭސްތިރިއެކެވެ.
މި ބޭފުޅުންނަށް މި ޢިއްޒަތް އަރުވާފައިވަނީ ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
