
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށާއި ކޮރަޕްޝަން ޓޮލެރޭޓް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް މިރޭ ދެއްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް މިރޭ ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. “އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރައްވާނެއެވެ. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް އެގޮތަށް ވިދާޅުވީ “ބިންވެރިޔާ” ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް ދީގެން އުޅޭ ކަމަށް ބުނާ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަ މީހަކާ ފުލުހުން މިހާރު ވަނީ ސުވާލުކޮށްފައެވެ. ގޯތިތަކުގެ މައްސަލަ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ އިރު، އެކަމުގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް މިހާރު ވަނީ ވަދެފައެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެކަމަކު، އެޗްޑީސީ އަށް މި ފަހުން އައްޔަން ކުރި ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ސަސްޕެންޑްކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި އެޗްޑީސީގެ ސީނިއާ މެނޭޖްމަންޓްގެ އިސް ބަޔަކު ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީނާއި އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަނެވެ. މިއީ މުޅިން ވެސް ފަޒުލްގެ އަރިސް ބޭފުޅުންނެވެ.
“ބިންވެރިޔާ” ސްކީމްގެ މައްސަލަ މިހާ ބޮޑުވީ އެ ސްކީމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބ،ެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ގޯތީގެ ރެޖިސްޓްރީއެއް ހެދުމުންނެވެ. ފަޒީލް ވަނީ އެ ގޯތީގެ ވަށައި ފާރު ވެސް ރާނައިފައެވެ. އެ ވަށައި ފާރުގެ އުސްމިނުގައި ގާތްގަނޑަކަށް ހަތަރު ފޫޓު މިހާރު އެބަހުއްޓެވެ.
ފަޒުލް ވިދާޅުވީ ގޯތިތަކުގެ މައްސަލަ ފާހަގަވީ ގޯތިތަކުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ރެޖިސްޓްރީތައް ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވުމުން ކަމަށެވެ. އަދި އެޗްޑީސީން ނުހައްގުން އެއްވެސް ބަޔަކަށް ބިމެއް ދީފައި ނުވާނެ ކަމަށާއި ރަޖިސްޓްރީ ހަވާލު ކުރުމާއި ބިން ދިނުން ފަދަ ކަންކަން ކުރަނީ ހައުސިން މިނިސްޓްރީން ކަމަށް ފަޒުލް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތް ކާމީޔާބީއާ ގުޅިގެން ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ބޭއްވެވި އެއްވުމުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވިދާޅުވި ވާހަކައެއް މިއަދު ވެސް ކަންފަތުގައި ހަރުލާފައިވެއެވެ.
“ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ހަވާލު ކުރާނީ. ސަރުކާރުގެ ނިޒާމުގެ ތެރޭގައި އެފަދަ ކަންކަން ހިނގުން މަދުކޮށް ސާފު ސަރުކާރެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ޓާގެޓުގައި އަޅުގަނޑުމެން މިއައީ ރައްޔިތުންގެ ގާތަށް. އެއީ އަޅުގަނޑުވީ ވައުދެއް. ސާފު ސަރުކާރެއް ގާއިމްކުރުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި ސާފު ސަރުކާރެއް ގާއިމްކުރުމުގެ ރޫޙު އޮންނާނީ. އެ އަޒުމުގައު މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެންނާނީ ދެފުށް ފެންނަ އެއްވެސް ކަމެއް ނުފޮރުވާ، ޖަވާބުދާރީވުމުގައި ޖެހިލުމެއް ނުވާ ސާފު ސަރުކާރެއް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްފައި ދައްކާނަން. މިއީ ނޫންތޯ ރައްޔިތުން އެދިލެއްވި ކަމަކީ. އެހެންވީމާ ޓްރާންސްޕޭރެންޓް އޯޕަން ގަވަމެންޓެއް ގާއިމްވާނީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް އެ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ދެއްވި ޔަގީންކަމަކީ ކޮރަޕްޓް ނުވެ، ސަރުކާރު ހިންގަވާނެ ކަމުގެ ޔަގީންކަމެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާ ކަން ސާބިތުވެއްޖެ ނަމަ، އެ ފަރާތްތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
