
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ބިންވެރިޔާ” ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކުރި ބިންތަކެއްގެ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ލިޔުން ލިބިފައިވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ކަމަށް އެމީހުންނާ ހަވާލާދީ ފުލުހުން މިރޭ ހާމަކޮށްފިއެވެ.
“ބިންވެރިޔާ” ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް ދީގެން އުޅޭ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ ސުވާލު އުފެދޭ ލިޔުންތަކާ ގުޅޭގޮތުން މިހާތަނަށް ހަ ފަރާތަކާ ސުވާލުކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ތިން ސްލޮޓެއްގައި މައްސަލަ ހުރިކަން ފާހަގަވާ އިރު، ބައެއް ލޮޓުތަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ލިޔުން ހުށަހެޅި ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވީ، މި ހުރިހާ ފަރާތްތަކަކީ މި ސްކީމުގެ ދަށުން ޝަރުތު ފުރިހަމަ ނުވާ އަދި ސްކީމުގައި ބައިވެރިވާން ހުށަވެސް ނާޅާ ފަރާތްތަކެއް ކަން،” ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް 24 ގަޑިއިރުވީ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.
ތަހުގީގުގައި ސުވާލުކުރެވުނު މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިންވެރިޔާއަށް ކުރިމަތިލުމުން ޝަރުތު ހަމަނުވާކަމަށް ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަމުގެ ޝަކުވާ ކުރިކަމަށް ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފު ވިދާޅުވި ގޮތުގައި އެ ތަނުން އެކަކަށް ގޯތި ހަމަޖެހުނު ވާހަކަ އޭރުގެ ވެރިޔަކު ވަނީ އަންގައިފައެވެ. އަދި ކުރީގެ ސްޓޭޓް ހައުސިން މިނިސްޓަރު އަކްރަމް ކަމާލުއްދީން އާ ބައްދަލުކުރި ކަމަށް މީހަކު ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެއް ފަރާތަކާ ސުވާލުކުރުމުން ބުނެފައިވޭ، އެ ޝަކުވާ ކުރަން ރަސްމީކޮށް އޭރުގައި މިދިޔަ ސަރުކާރުގައި އެދުނީމާ، އެ ތަނުގެ އިސްވެރިންނާ ބައްދަލުކޮށްފަައި ހުންނާނެ ކަމަށް. އެ ބައްދަލުވުން ނިންމާފައި އެ ޝަކުވާ ބަލާނެކަމަށް ބުނެފައިވާކަމަށް މައުލޫމާތު ދީފައިވޭ. އަދި އޭގެ ފަހުން ގުޅައި އެފަރާތަށް ބިން ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ގުޅައިގެން ގޮސް އެ ލިޔުމުގައި ސޮއިކުރި ވާހަކަވެސް އެއް ފަރާތަކުން ބުނެފައިވޭ،” ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް، ތަހުގީގު ތެރެއިން މި ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. “ބިންވެރިޔާ” ސްކީމްގެ މައްސަލަ މިހާ ބޮޑުވީ އެ ސްކީމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބ،ެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ގޯތީގެ ރެޖިސްޓްރީއެއް ހެދުމުންނެވެ. ފަޒީލް ވަނީ އެ ގޯތީގެ ވަށައި ފާރު ވެސް ރާނައިފައެވެ. އެ ވަށައި ފާރުގެ އުސްމިނުގައި ގާތްގަނޑަކަށް ހަތަރު ފޫޓު މިހާރު އެބަހުއްޓެވެ.
ފަޒުލް ވިދާޅުވީ ގޯތިތަކުގެ މައްސަލަ ފާހަގަވީ ގޯތިތަކުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ރެޖިސްޓްރީތައް ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވުމުން ކަމަށެވެ. އަދި އެޗްޑީސީން ނުހައްގުން އެއްވެސް ބަޔަކަށް ބިމެއް ދީފައި ނުވާނެ ކަމަށާއި ރަޖިސްޓްރީ ހަވާލު ކުރުމާއި ބިން ދިނުން ފަދަ ކަންކަން ކުރަނީ ހައުސިން މިނިސްޓްރީން ކަމަށް ފަޒުލް ވިދާޅުވިއެވެ. މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ އިރު، ފަޒުލް އާއި ފަޒީލް ވެސް ހުރީ ސަސްޕެންޑްކޮށްފައެވެ. އަދި އެޗްޑީސީގެ ބޯޑުގެ މެމްބަރުންނާއި ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ޝަރީފް ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށް މިސްރާބަކީ “ބިންވެރިޔާ” ލިސްޓުން ބޭރުން ދޫކޮށްފައިހުރިކަން އެނގިފައިވާ ބިންތަކުގެ އިތުރަށް ބިންތަކެއް ދޫކޮށްފައި ހުރިތޯ ބެލުން ކަމަށެވެ. އަދި މިގޮތަށް ބިން ދޫކުރި ނަމަ، އެޗްޑީސީގައި އާއި ހައުސިން މިނިސްޓްރީގައި ނިމުނު ދައުރުގައި މަސައްކަތްކުރި މީހުންނާއި މިހާރު މަސައްކަތްކުރާ މީހުންގެ ތެރެއިން އެއްވެސް ބަޔަކާ ގުޅުމެއް އޮވޭތޯ ބަލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
