
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި މަހުގެ 12 ވަނަ ދުވަހު ދައުލަތުގެ ތިން މިނިސްޓްރީއެއް ރޯވެ ހިނގައިދިޔަ އަލިފާނުގެ ހާދިސާ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވާން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ޝުޖާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ކޮމިޝަނަރު ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ ވަނީ، އެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް، ބޭރު ތަޖުރިބާކާރުންގެ ޓީމަކާ ގުޅިގެން ހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. . އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެފައިވެއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ. އެ އިމާރާތުގެ ބައެއް ވެސް އަނދާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
