
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ބިންވެރިޔާ” ސްކީމުގެ ދަށުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިންގާ ތަހުގީގާ ގުޅޭ ހެކިތަކެއް ނައްތާލި ކަމަށް މިހާތަނަށް ފާހަގަނުވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު އަޑީގައި ތިބެގެން “ބިންވެރިޔާ” އާ ގުޅޭ ސައްހަ ނޫން ލިޔެކިޔުންތަކެއް ގެއްލުވާލަންވެގެން ކުރި ކަމެއް ކަމަށް މީސް މީޑިއާގައި އަޑު ފެތުރިފައިވެއެވެ.
މި މައްސަލަ މިހާ ބޮޑަށް ފެތުރުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ޝަރީފް ވިދާޅުވީ، އަލިފާނުގެ ހާދިސާއާ އެޗްޑީސީއާ މިހާތަނަށް ގުޅުވޭކަށް ނެތް ކަމަށެވެ. އަދި ފުލުހުން ބޭނުންވި ހުރިހާ މައުލޫމާތެއް އެޗްޑީސީން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބޭނުންވާ ޑޮކިއުމެންޓެއް ހޯދުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރޭގައި އަދި އެކަމާ ގުޅިގެން ޑޮކިއުމެންޓެއް ނުލިބޭނެ ކަމަށް ވެސް އަދި ފާހަގަ ކުރެވިފައެއް ނެތް،” ޝަރީފް ވިދާޅުވިއެވެ. އެޗްޑީސީން ހެކި ނައްތާލުމުގެ އެއްވެސް ކަމެއް ވެސް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. “އަޅުގަނޑުމެން މިހާ ހިސާބަށް ބޭނުންވި ހުރިހާ މައުލޫމާތެއް ވަނީ ލިބިފައި،” ޝަރީފް ވިދާޅުވިއެވެ.
“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއްގައި ފުލުހުން އިއްޔެ ވަނީ އެޗްޑީސީ އަށް ވަދެފައެވެ. އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ، ބިންވެރިޔާގެ އިތުރުން ގެދޮރުވެރިޔާގެ މައްސަލައިގެ ވެސް އަވަސް ތަހުގީގެއް ހިންގައި، އެކަމާ ގުޅޭ މައުލޫމާތު ކޮންމެ ހަފުތާއަކު އެއް ފަހަރު ހިއްސާކުރުމަށް އަމުރު ކުރައްވައިފައެވެ. އެ އަމުރާ އެއްގޮތަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން މިކަމާ ގުޅޭ ތަހުގީގު ވަނީ ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
