
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ސަރުކާރުގައި ވަގުންނަށް ޖާގައެއް ނޯންނާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވެފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ ގޯތި ދޫކުރުމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެޗްޑީސީން “ބިންވެރިޔާ ސްކީމް” ގެ ބޭރުން ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހާރު ވަނީ ސަމާލުކަމަށް އައިސްފައެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު މެންބަރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ވެރިންނަށް ވެސް ލިބޭ ރަނގަޅު މެސެޖެއް ކަމަށް އުންމީދުކުރައްވާ ކަމަށާއި ތުހުމަތެއް ކުރެވުނީމާ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވަގުންނަށް މި ސަރުކާރުގައި ޖާގައެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ވައްކަމުގެ ތުހުމަތު ކުރެވުނީމާ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ. ރައީސް މުޢިއްޒުގެ ސަރުކާރުގައި ވަގުންނަށް ޖާގައެއް ނޯންނާނެ،” އަޒާން ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭތީއެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ވަނީ ފަށާފައެވެ. މައްސަލަ ހާމަވެފައިވަނީ އެޗްޑީސީން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެންނެވެ. މި ސިޓީގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދާއި، އަބްދުލްމަޖީދު މާހިރު ނަމަކަށް ކިޔާ ދިއްދޫ މީހަކަށް ގޯތީގައި ފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.
ހައުސިންގ މިނިސްޓްރީން މި ސިޓީއަށް ދިން ޖަވާބުގައި ބުނެފައިވަނީ މި ގޯތިތަކަކީ އެ މިނިސްޓްރީން ހިންގި އެއްވެސް ސްކީމެއްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކެއް ނޫން ކަމަށެވެ. މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އިތުރު ތަހުގީގުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
