
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާންގެ ސިއްޙީ ހާލެކޮޅު ދެރަވެ ފަރުވާދޭން ފަށައިފިއެވެ. އެމަނިކުފާނު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މައުލޫމާތު އެނގޭ މީހަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑރ. އަހުމަދު މުއުތަސިމް އަދުނާނު ޗުއްޓީއަށް ބ.ފުޅަދޫއަށް ވަޑައިގެން އުޅުއްވަނިކޮށް އެމަނިކުފާނުގެ މައިބަނދައަށް އެރި ތަދަކާއި ގުޅިގެން އެމަނިކުފާނު މާލެ ވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ވެއެވެ.
މިކަމާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން އަދި ސްޕްރީމް ކޯޓުންވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އިނގިރޭސީ ވިލާތުގެ ޔުނިވާސިޓީ އޮފް ގްލަސްގޯ އިން ޓްރާންސްސިޝަނަލް ކޮމާޝިއަލް ލޯ އިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލް ކުރައްވާފައިވާ މުއުތަސިމް އަދުނާން އަކީ ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ 2010 ވަނަ އަހަރު، އެކުލަވާލި ސުޕްރީމް ކޯޓްގެ ފަނޑިޔާރެކެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރި އިރު، އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ޑިސެންބަރު މަހުގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
