(ފޮޓޯ ކްރެޑިޓްސް: މިހާރަ)
“ބިންވެރިޔާ ސްކީމްގައި ނުހިމެނޭ މީހުންނަށް ގޯތި ދީފައިވާ މައްސަލަ ހާމަވުމާ ގުޅިގެން ފެށުނު ތަޙުޤީޤާ ގުޅޭގޮތުން އެޗްޑީސީގެ އިސް މެނޭޖްމަންޓްގެ މެންބަރުންވެސް ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ސަސްޕެންޑް ކުރެވިފައެވެ. އަދި އެންމެ ފަހުން ޗެއަރމަންގެ މަޤާމަށް އައްޔަންކުރެވުނު އަޙްމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ އެހެން ހުރިހާ މެންބަރުންވެސް ވަނީ މިއަދު ސަސްޕެންޑް ކުރެވިފައެވެ.
ބޯޑު ސަސްޕެންޑް ކުރެވިފައިވާއިރު، އައިޓީ ކޮންސަލްޓަންޓް އަބްދުﷲ ޝުހޫދު، ޗީފް ފައިނޭންޝަލް އޮފިސަރ އަބްދުﷲ ފައިދު، ޗީފް ބިޒްނަސް އޮފިސަރ އަދި މީޑިއާ ޑިޕާޓްމަންޓްގެ ވެރިޔާ އަޙްމަދު ޔާމީން، އަދި އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު އައިމަންވެސް ވަނީ ސަސްޕެންޑް ކުރޕެންޑް ކުރެވިފައިކަން “މިހާރު” އަށް އެނގިފައިވެއެވެ. މައްސަލަ ޖެހިފައިވާ ގޯތިތަކާ ގުޅޭ ސިޓީތަކުގައި ސޮއިކޮށްފައިވަނީ އައިމަންއެވެ. ގޯތީގެ މައްސަލައިގައި ސަސްޕެންޑް ކުރެވުނު ޝުހޫދަކީ ކުރިންވެސް ފުލުހުންގެ ތަޙުޤީޤަށް ހުށަހެޅިފައިވާ މީހެކެވެ. އެއީ 2019 ވަނަ އަހަރު އައިޖީއެމްއެޗްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދަނިކޮށް އާންމުންގެ އަމިއްލަ މަޢުލޫމާތު ވިއްކާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި އެޗްޑީސީގެ އެމްޑީ ފަޒުލްގެ އަޚް މުޙައްމަދު ފަޒީލް ރަޝީދުގެ ނަން އޮތްއިރުވެސް، އޭނާއަށް ގޯއްޗެއް ރަޖިސްޓަރީކޮށްދީފައިވެއެވެ. މިގޮތަށް އެހެން ބަޔަކަށްވެސް ރަޖިސްޓަރީ ހަދައިދީފައިވާކަން ވަނީ ހާމަވެފައެވެ. އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ބުނެފައިވަނީ ބިންވެރިޔާ ސްކީމްގައި އެއްވެސް މީހަކަށް ދޫކޮށްފައިނުވާ ގޯއްޗެއްގެ ރަޖިސްޓަރީ ހެދިފައިވާކަން ފާހަގަކުރެވުނީ އެޗްޑީސީއަށް ފާރު ރޭނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން ކަމަށާއި، މި ރަޖިސްޓަރީތައް ވެރިފައި ކުރުމަށް ހައުސިންގ މިނިސްޓްރީއަށް ފޮނުވުނު ކަމަށެވެ. ނަމަވެސް ބިންވެރިޔާ ސްކީމްގައި އެއްވެސް މީހަކަށް ދޫކޮށްފައިނުވާ ގޯއްޗެއްގެ ރަޖިސްޓަރީ ހެދިފައިވާކަން ޖުލައި މަހު އެނގުނު ނަމަވެސް، މިހާތަނަކަށް މި މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ފަޒީލްގެ އިތުރުން ހުއްދައަށް އެދުނު އަނެއް ފަރާތަކީ އަބްދުލް މަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމަކީ މާލޭގެ މީހުންނަށް ކަމަށްވާއިރު، އޭނާ ރަޖިސްޓަރީވެފައިވަނީ ހއ. ދިއްދޫގައެވެ. މިއަހަރުގެ އޯގަސްޓް 15 ވަނަ ދުވަހު އެޗްޑީސީގެ ސިޓީއަށް ހައުސިންގ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ މިއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ މީހުން ނޫންކަމަށާއި، މި ދެ ގޯތި އެއްވެސް މީހަކަށް ދޫކޮށްފައިނުވާ ކަމަށެވެ. އިއްޔެ ސޯޝަލް މީޑިއާގައި މި މައްސަލަ ފެތުރުނުއިރު، ފުލުހުން ތަޙުޤީޤު ފެށިއިރު، މައްސަލަ ޖެހިފައިވާ ގޯތީގެ ފާރު ރޭނުން ވަނީ ފަށާފައެވެ. ގޯތި ވަށައިގެން ގާތްގަނޑަކަށް ހަތަރު ފޫޓު އުސްމިނަށް ފާރު ވަނީ ރާނާފައެވެ. މި މަސައްކަތް ކޮށްފައިވަނީ ވަރަށް ފަހުން ކަން އެނގެއެވެ. އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެތިވެސް ގޯތީގައި ހުރިކަން ފާހަގަކުރެވެއެވެ. އަދި އިއްޔެ ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ބުނެފައިވަނީ އެތަނުގައި ފާރެއް ރާނާފައި ނުހުންނާނެ ކަމަށެވެ.”
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
