
ދައުލަތުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯގެ މަގާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ. ވިޓާލީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަގާމަށް އަހުމަދު ނާސިރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިއީ ވިޓާލީގެ ދައުރުގައި ކުންފުނީގެ އިސް މަގާމަކަށް ގެންނެވި ފުރަތަމަ ބަދަލުކަން ފާހަގަކޮށް، އެތަކެއް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ނާސިރަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައިވަނީ އާ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސީދާ ސީއީއޯގެ އިރުޝާދުގެ ދަށުން މަސައްކަތްކޮށް، މިފްކޯގެ ހުރިހާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން ފުރިހަމައަށް ވަޒަންކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ އަމާޒަކީ މިފްކޯގެ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ ހަމަައަށް ވާސިލްވުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ބަޔާނުގައި ބުނި ގޮތުގައި ނާސިރުގެ ބަދަލުގައި އެ މަގާމަށް ކުރިމަތިލީ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން ކުންފުނީގެ ބޭރުން އެކި ގޮތްގޮތުން ސިޔާސީ ނުފޫޒު ފޯރުވަން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ވިޓާލީ ވަނީ މިކަމާ ދެކޮޅަށް ތެދުވެވަޑައިގެން، ކުންފުނީގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
“ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާނަން. މިފަދަ ނުފޫޒުތަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް. އަދި އެފަދަ ކަމެއް ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ހާމަ ކުރާނަން،” ވިޓާލީ ވިދާޅުވި އެވެ. އެ ބަޔާނުގައި އިތުރަށް ބުނީ ސީއީއޯ މިހާރު ގެންދަވަނީ މިފްކޯގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ފުރިހަމައަށް ވަޒަން ކުރުމުގެ މަސައްކަތްތައް ކުރައްވަމުން ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، ކުންފުނީގެ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން އެކުލަވާލެވޭ ޕްލޭނެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
