
(ފޮޓޯ ކްރެޑިޓްސް : ވަގުތު)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ވަކި ބަޔަކަށް “ބިންވެރިޔާ” ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ދޮގުކުރައްވައިފިއެވެ.
އެޗްޑީސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަޒުލް ވިދާޅުވީ “ބިންވެރިޔާ” ސްކީމްގެ ދަށުން އެޗްޑީސީން އެއްވެސް ބިމެއް ނުދޭނެ ކަމަށާއި އެ ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް ބިމެއް ދީފައި ނުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. އެކަމަކު، “ބިންވެރިޔާ” ސްކީމްގެ ދަށުން ވަކި ބަޔަކަށް ބިން ދިން ކަން އެނގިގެން އެކަން އިސްވެ، ހައުސިން މިނިސްޓްރީއަށް ހުށަހެޅީ ވެސް އެޗްޑީސީގެ ފަރާތުން ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިކަން އަޅުގަނޑުމެންނަށް ހައިލައިޓްވި ސަބަބަކީ ކޮބައިތޯ؟ އެކަން ޔަގީން ކުރާއިރު، އެއް ޕްލޮޓަކަށް ދެ ފަރާތުން އެދުނީމަ އެ ހިސާބުން އަޅުގަނޑުމެންނަށް އެކަން ހައިލައިޓްވެގެން އަޅުގަނޑުމެން މި ފޮނުވަނީ ހައުސިން މިނިސްޓްރީއަށް ވެރިފިކޭޝަނަށް. މިގޮތަށް ހިނގައިދިޔަ ދެ ޕްލޮޓެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުން ގެންދިޔައީ.” އެޗްޑީސީގެ ތެރެއިން ގާނޫނާ ހިލާފު ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން ދެއްވައި ފަޒުލް ވިދާޅުވިއެވެ.
“ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ އިޝޫ ކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އިޝޫކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުން އިޝޫ ކުރި ބިންވެރިޔާ ސްކީމްގެ ޕްލޮޓްތަކެއްގެ ރަޖިސްޓްރީ އެބަހުރި. އެގްރީމަންޓް ހަދަނީ ވެސް އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލު ކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އެހެންވީމަ އަޅުގަނޑުމެން މި ޕްރޮސެސް މި ދަންނަވާލީ،” ފަޒުލް ވިދާޅުވި ގޮތުގައި އެޗްޑީސީން ޝާމިލްވަނީ ޕޯޓަލްއަށް އެޕްލިކޭޝަން ލިބޭ ހިސާބުންނެވެ. އެހެންވީމަ، “ބިންވެރިޔާ” ގެ ޕްލޮޓްތަކަކީ އެޗްޑީސީން ޝާމިލްވެގެން ދިން ޕްލޮޓްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެޕްލިކޭޝަނެއް އަންނަ ހިސާބަކީ އަޅުގަނޑުމެން އޭގައި ޝާމިލްވާ ހިސާބު. އޭގެ ކުރިން މި އޮންނަނީ އަޅުގަނޑުމެންނާއި ހައުސިން މިނިސްޓްރީއާ ދޭތެރޭގައި އޮންނަ މުއާމަލާތްތަކެއްގެ ތެރެއިން ހިނގާ ކަންކަން. އެއީ ވެރިފިކޭޝަން ޕްރެސެސް. އަޅުގަނޑުމެން ބައުންޑަރީއަށް، ޕޯޓަލް މެދުވެރިކޮށް އެޕްލައި މި ކުރަނީ ރަޖިސްޓްރީ އޮންނަ ފަރާތެއް ކަމަށް ގަބޫލު ކުރަނީ. އެހާ ހިސާބުން ފަށައިގެން ބައުންޑަރީ ޕާމިޓް ދޫކޮށްލަނީ،” ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވި ގޮތުގައި، ފުރަތަމަ ބިން ކަމުގައިވާ ޕްލޮޓް ނަންބަރު 20768 އިމާރާތް ކުރުމުގެ ހުއްދަ އަށް އެދުނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބިން (20821) އިމާރާތް ކުރުމުގެ ހުއްދައަށް އެދުނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ބިމަށް ވެސް ދެ ފަހަރެއްގެ މަތިން ހުއްދައަށް އެދުނު އިރު، ބިންތަކާ ގުޅޭ ކަންކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެޗްޑީސީން ސިޓީ ފޮނުވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވި ގޮތުގައި މިނިސްޓްރީން ޖަވާބު ދިނީ އޮގަސްޓް 15 ވަނަ ދުވަހުއެވެ. ފަޒުލް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޖަވާބާ ގުޅިގެން އެ ދެ ގޯތީގެ “ޕާމިޓް” އެޗްޑީސީން ކެންސަލްކުރި ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ފަޒުލް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާ އިރު، އެކަމަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބުނެ މީޑިއާގައި ވަނީ ހަބަރު ފަތުރައިފައެވެ. އަދި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފައެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން މިހާތަނަށް އައިއިރު، 709 ޕްލޮޓެއް ވަނީ ހަވާލުކޮށްފައެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުން ހުއްޓިފައި އޮތް ކަމުގައި ވިޔަސް، އެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި 699 ބިންް ހަވާލު ކުރައްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
