
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވަނީ ފަސް ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން “އެކްސް” ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ފާސް ކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވެފައިވާ ފަސް ސިޔާސީ ޕާޓީއަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އަންނަ އަހަރު ބަޖެޓު ލިބޭނެ ފަސް ސިޔާސީ ޕާޓީއެވެ.
ބަޖެޓު ފާސް ކުރި ދުވަހު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި 10،000 މެމްބަރުން ހަމަވެއެވެ. އެކަމަކު، އެ ޕާޓީ މިހާރު އޮތީ އުވާލުމުގެ މަރުހަލާގައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހެއެވެ. އެއީ ދައުލަތުގެ ބަޖެޓުގެ %0.1 އެވެ. ފައިސާ ދޭނީ މެމްބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެ އަދަދުތައް ކަނޑައަޅާފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު މިހާރު އޮތް ގޮތުން އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އެކަމަކު، އެ ޕާޓީ ވައްޓާލުމަށް ފަހު ޕީއެންސީން ވަނީ 75،000 މެމްބަރުން ހަމަކޮށްފައެވެ. ޕީއެންސީގެ މިހާރުގެ އަމާޒަކީ ކުރިއަށް ހުރި ދުވަސްތަކުގައި 100،000 މެމްބަރުން ހަމަކުރުމެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
