
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސައިބާ ކްރައިމްއާއި ގުޅުންހުރި އަމަލުތައް ކުށެއް ކަމުގައި ކަނޑައެޅުމަށް ޤާނޫނު އަށްހަ އިސްލާހުގެ ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
އެ ބިލުގައި ވަނީ ސައިބާ ކްރައިމާ ގުޅުންހުރި 10 އަމަލަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އެގޮތުން ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުމާއި އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓު ކުރުމާއި ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއާކުރުމާއި ހުއްދަނެތި ކޮންޕިއުޓާ ސިސްޓަމަކަށް އިންޓަފިއާ ކުރުން އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލްގައި ހުށަހަޅާފައިވެއެވެ.
އަދި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުމާއި ސައިބާ ވަޔަލެންސްގެ އަމަލުތަކާއ ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ވެސް ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލްގައި ވެއެވެ. ބިލްގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެ މަތިން ކޮންޕިއުޓަރަކަށް, ޕްރޮގްރާމަކަށް, ޑޭޓާއަކަށް, އެއިން އެއްޗެއްގެ ވަކި ބަޔަަކަށް އެކްސެސްވުމަކީ އެއީ ކުށެއް ނޫންކަމަށެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ވަނީ ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
