
މަތީ ތައުލީމު ހާސިލުކުރާ ކޮންމެ ދަރިވަރަކީ އެދަރިވަރެއްގެ ކުޅަދާނަކަމާއި ގާބިލްކަމާ މެދު ޝައްކު ނުއުފެދޭ ފަދަ ދަރިވަރަކަށްވުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވަނީ އިލްތިމާސްކުރައްވައިފައެވެ. ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިލާ ކޮލެޖަކީ އައްޑޫ ސިޓީއަށް އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިން ކޮލެޖެއް ކަމަށާއި، މިއަދު ހުޅުވިގެންދާ ހިތަދޫ ކެމްޕަހަކީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުވިގެންދާ ކެމްޕަހެއް ކަމަށެވެ.
“މަތީ ތައުލީމުގެ ހިޔާވަހިކަމުގެ ދަށުން ދަސްވެނިވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ، އެ ދަރިވަރެއްގެ ކުޅަދާނާނަކަމާމެދު ސުވާލުނުއުފެދޭނެ ފަދަ ދަރިވަރަކަށްވުން މުހިންމު. ވަޒީފާއަކަށް ދިޔަނަމަ، ވަޒީފާ ދިންފަރާތް މާޔޫސްނުވާފަދަ ހުނަރުހުރި ދަރިވަރަކަށް ކޮންމެ ދަރިވަރަކުވެސް ވުން ބޭނުންތެރި. ވަޒީފާއެއް އަދާކުރަން ބޭނުން ނެތް ނަމަ އަމިއްލަ މަސައްކަތަކުން ދިރިއުޅުން އާރާސްތު ކުރެވޭފަދަ ހުނަރުވެރި ދަރިވަރަކަށްވުމަކީ އަޒުމް ކަމުގައި ކޮންމެ ދަރިވަރަކުވެސް ހަދަންވާނެ” މާރިޔާ ވިދާޅުވިއެވެ.
މަތީ ތައުލީމުގެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ ކުރީ ސަފުން ވިލާ ކޮލެޖް ޖާގަ ހޯއްދަވާފައިވާކަމާއި، ކޮލެޖްގެ އިތުރުން ވެސް އެހެނިހެން އަމިއްލަ ފަރާތްތަކުން މަތީ ތައުލީމު ކުރިއެރުވުމަށް އެތައް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެހެނިހެން އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
