
ނ. ވެލިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އާ ޖެންސެޓް އިންސްޓޯލްކޮށްފިއެވެ. ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވެލިދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ގެންދެވުނު 1000 ކިލޯވޯޓްގެ ޖެންސެޓް މިހާރުވަނީ އިންސްޓޯލްކޮށް ހިދުމަތަށް ބޭނުންކުރަން ފަށާފައި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަަމަށްވާ ފެނާއި ނަރުދަމާ އާއި ކަރަންޓު ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުށްދުމަށް ފެނަކައިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓިގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ބޭނުންވާ އާ ޖެންސެޓް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިންދަނީ ކުރަމުންނެވެ.
ފެނަކައިން ޖަނަރޭޓަރުތައް ހޯދުމަށް ވަރަށް ފަހުން އިއުލާނެއް ވެސް ކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ފެނަކައިން ވަނީ 250 ކިލޯވޮޓްގެ ޖަނެރޭޓަރުން ފެށިގެން 1600 ގެ ޖަނެރޭޓަރު ގަންނަން ބޭނުންވާކަން ހާމަކޮށްފައެވެ. އެ ކުންފުނިން އެންމެ ގިނައިން ބޭނުންވަނީ 6000 ކިލޯވޮޓްގެ ޖަނެރޭޓަރެވެ. އެ ވައްތަރުގެ އަށް ސެޓް ބޭނުންވެއެވެ. އަދި އެންމެ މަދުން ބޭނުންވަނީ 1600 ކިލޯވޮޓްގެ ޖަނެރޭޓަރެވެ. އެ ވައްތަރުގެ ދެ ޖަނެރޭޓަރު ގަތުމަށް ބޭނުންވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
