
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ
ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ފުޅާކުރަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އޭޑީކޭ ހޮސްޕިޓަލާއި މެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްއެމްޕީއާރުސީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ. އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.
ޝިއުރީ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއަކީ ލަގްޒަރީ ހިދުމަތް ލިބިގެންދާ ތަނެއް ކަމަށާއި މެޑިކަލް ޓުއަރިޒަމް ހިމެނުމަށްޓަކައި ފަތުރުވެރިކަމުގެ ހުށަހެޅުންތައް ސިންދަފާތުކޮށްގެން، ދުނިޔޭގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަގުބޫލުކަން ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ސިއްހީ ހިދުމަތުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
“އޭޑީކޭ ހޮސްޕިޓަލާ އެކު މި ގުޅިގެންދިޔަ ގުޅުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.” މި އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މެޑިކަލް ޓުއަރިޒަމްގެ ހިއްސާގެ އިތުރުވެ، ބައިނަލްއަގްވާމީ ފަތުރުވެރިންނަށް ހާއްސަ ސިއްހީ ވަސީލަތްތައް ލިބިގެންދާނެކަމުގެ އުއްމީދުކުރެވޭ ކަަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.
“މިއަދަކީ މެޑިކަލް ޓުއަރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އަމާޒަކީ،އެމްއެމްޕީއާރުސީއާ ގުޅިގެން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ފެންވަރު ރަނގަޅު ބޭސްފަރުވާއަށް އެދޭ ފަތުރުވެރިން ޝައުޤުވެރިކުރުވުން. އަދި މިކަމުގެ ސަބަބުން ހަމައެކަނި ޞިއްޙީ ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާވުމުގެ އިތުރުން ރާއްޖޭގެ މުޅި އިޤްތިޞާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް.” އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވިއެވެ.
މިއީ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ފޯރުކޮށްދީ، ރާއްޖޭގެ ބައިނަލްއަގްވާމީ ޕްރޮފައިލް މަތިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިފައިވާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
