
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުން ހުސްނުވާ އާންސަންދަ ސްކީމަށާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވާން ފަށައިފިއެވެ. މާލީ ކަންކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހަށް ސަރުކާރުން އާސަންދަ އާއި ސަބްސިޑީއަށް ކޮށްފައިވާ ހޭދަވަނީ މިދިޔަ އަހަރާއި ބަލާއި ދަށްވެފައެވެ.
މިދިޔަ އަހަރު ސަބްސިޑީއަށް ސަރުކާރުން އެ މުއްދަތުގައި 3.68 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މި އަހަރު އެ މުއްދަތާއި ހަމައަށް ހަރަދުކޮށްފައިވަނީ 3.44 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު އާސަންދައަށް ކޮށްފައިވާ ހޭދަ ވެސް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 1.88 ބިލިއަން ރުފިޔާއެވެ. އާސަންދަ އާއި ސަބްސިޑީއަށް ނިމިދިޔަ ސަރުކާރުން ބޮޑު ހަރަދެއްކޮށްފައިވާތީ އާއި ބައެއް ފަރާތްތަކުން އެ ސްކީމްތަކުގެ ނާޖާއިޒު ބޭނުން ހިފައިފައިވާތީ މި ސަރުކާރުން ވަނީ އެކަން ހުށްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށް، އެސްޓީއޯއާ ގުޅިގެން ގަނޑުކޮށް ބޭސް ގެނައުމުގެ ނިޒާމަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި އަންނަ އަހަރު ސަބްސިޑީ ދިނުން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
