
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ ވެރިން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަންޖެހި ނުދެއްކިހުރި ފައިސާ، ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭ ގޮތަށް ގަވައިދެއް އެކުލަވާލައި، އެ ގަވައިދަށް އަމަލު ކުރަން ފަށައިފައެވެ. އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ގަވައިދު ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ކޮންމެ މީހަކު ވެސް އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ، ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މި ގަވައިޒު ގެޒެޓް ކުރުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފައެވެ. އަމީން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އެންމެ ލުއި ފަސޭހަ ގޮތްތައް ހޯއްދެވުމެވެ. ގަވައިދުގައި ބުނީ ވަކި ޝަރުތުތަކެއް ފުރިހަމާ ނަމަ، ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ ގަވައިދުގައިވާ ގޮތުގެ މަތިން ބަހާލައިގެން ދެއްކުމުގެ ފުރުސަތު އެކަމަށް އެދޭ ފަރާތްތަކަށް ދެވޭނެ ކަމަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000ރ. އަށް ވުރެ އިތުރުވެފައިވުމާއި އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަނޑި ފާއިތުވެފައިވާ ފައިސާއަށް ވުމާއި ގަވައިދުގެ ދަށުން ފައިސާ ބަހާލައިގެން ދެއްކުމަށް ހުށަހެޅުމާއި މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުމާއި އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުމެވެ.
ގަވައިދުގައިވާ ގޮތުން ބަހާލައިގެން ފައިސާ ދެއްކުމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅާ ފޯމް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ. މިފަދަ ހުށަހެޅުމެއްގައި ޝަރުތު ހަމަނުވާ ނަމަ، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ބަހާލައިގެން ފައިސާ ދެއްކި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އެ ގަވައިދުގައި ބުނީ ކޮމިޓްމަންޓް ފީ ދައްކައިފި ނަމަ، ބަހާލައިގެން ފައިސާ ދެއްކުމަށް އެކަމަށް ހުށަހަޅާ ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލަންވާނެއެވެ. މި އެއްބަސްވުމުގައި އެއްބަސްވުމުގެ މުއްދަތާއި ފައިސާ ދައްކަން ޖެހޭ ގޮތުގެ ތަފްސީލާއި އެއްބަސްވުމުގެ މުއްދަތުގައި އުޅަނދާ ގުޅޭ އިތުރު ފައިސާއެއް ނުވަތަ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ ނަމަ، އަމަލު ކުރާނެ ގޮތާއި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އަމަލު ކުރާނެ ގޮތް ހިމަނަން ޖެހެއެވެ.
އެއްބަސްވުމާ އެއްގޮތަށް މަގުބޫލް އުޒުރެއް ނެތި ފައިސާ ނުދައްކާތާ 30 ދުވަސް ފާއިތުވެފައިވާ ނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައިވެއެވެ. މަގުބޫލު އުޒުރަކަށް ބަލާނީ ގުދުރަތީ ހާދިސާއެއް މެދުވެރިވުމާއި އެކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުމުންނެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
