
ފޮޓޯ ކްރެޑިޓްސް: ސަރުކާރު
ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް 2040 ގައި ހެދުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދު ވިދާޅުވެއްޖެއެވެ. އަފްރީން މިހެން ވިދާޅުވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އެމްޕަވަރިން ވިމެން ތުރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން” ޓްރެއިނިން ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި އާ އުފެއްދުންތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް ދިވެހި އަންހެން ވިޔަފާރިވެރިން އަދާކުރާކަމަށާއި ކޯވިޑް 19 ގެ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ރާއްޖޭގެ އަންހެނުންގެ ފަސްޖެހުމެއްނެތި ހަގީގީ ވިޔަފާރިވެރިންގެ ގޮތުގައިވަނީ މަސައްކަތް ކޮށްފައިކަމަށް އެކަމަނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެކަމަނާ ސިފަކުރެއްވީ ޒަމާނުއްސުރެ ދިވެހި އަންހެނުންނަކީ ރާއްޖޭގެ މުޖުތަމައު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށް، އަންނަން އޮތް ޖީލު ތަރުބިއްޔަތު ކުރުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ބައެއްގެ ގޮތުގައެވެ.
އަންހެނުން މިހާ ބޮޑު ގުރުބާނީތަކެއް ވަމުންދާ ނަމަވެސް އެމީހުން ގިނައިން ފެނިގެންދަނީ ކުދި ކުދި މަގާމުތަކުން ކަމަށާއި މި ދުވަސްވީ މިންތީގެ ނަހަމަކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު މިވަނީ ނިންމުމެއް ގެނެސްދެއްވާފައިކަމަށް މެޑަމް އަފްރީން ވިދާޅުވިއެވެ. މީގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން މާލީ އެހީއާއި ލޯނު ދޫކުރުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
