
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެ ދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަށް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިދާޅުވީ، އޮމަދޫގެ ތަރައްގީއަށްޓަކައި، ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދޭ ކަަަމަށެވެ.
“މިވަގުތަށް ބަލާއިރު، އެންމެ މުހިންމު ކަންތައް ބަނދަރުގެ މައްސަލައަކީ، އެ މައްސަލައަށް ރަނގަޅު ހައްލެއް އައުން، މި ނިިމިގެން ދިޔަ އަހަރުގެ ތެރޭގައި މިކަމަކަށް ކަމެއް ނުކުރެވުނު، އަދި މިފަދަ ގިނަ ކަންތައްތަކެއް އެބަ ހުރި ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އެކި ސަބަބުތަކާއި ހެދި، މައިގަނޑު ގޮތެއްގައި ބަޖެޓް ތެރެއިން އެކަންކަމަށް ޖާގަ ނެތުމުގެ ސަބަބުން،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު، އދ. އޮމަދޫއަށް ވަޑައިގަތުން : ވަގުތު އިމޭޖަސް — އަހްމަދު މަމްދޫހްއެހެން ނަމަވެސް ފެށެން އުޅޭ އަހަރު ކަންކަން ތަފާތުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް، ކަންކަން ހައްލުވެެގެންދާ ބަނދަރެއް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ އަންނަ އަހަރު އެ މަސައްކަތް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރާ ސަރަަހައްދުގެ މަޝްރޫއުވެސް ބަނދަރުގެ މަޝްރޫއާއެކު ހައްލު ގެނެސްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަަހަރުގެ އެންމެ ކުރީކޮޅު މަސަައްކަތްތައް ފަށައި، ހަމަ އެންމެ ސަމާލުކަމެއް ދޭ ކަމެއްގެ ގޮތުގައި އެ މަސައްކަތް ކޮށްދިނުމަކީ އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީން ކަމެއް،”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަންނަ އަހަަރުގެ ބަޖެޓްގައި އާ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވާއިރު، ސިއްހީ އަދި ތައުލީމީ ދާއިރާގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ މަލްޓިޕާޕާސް ހޯލާއި، ކްލާސް ރޫމްތައް އަންނަ އަހަރު ހަދައިދެއްވާނެ ކަމަށާއި، ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގާ އާއި ވަސީލަތްތައް އަންނަ އަހަރު ހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކޮށްދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިރަށުގައިވެސް ކުޅިވަރުގެ ދާއިރާއިން ކަންކަން ކޮށްދެއްވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހާއްސަ ކަމެއްގެ ގޮތުގައި އަންހެން ބޭފުޅުންނަށް ހޭންޑް ބޯލް ކޯޓެއް އަންނަ އަހަރު ހަދައިދެއްވާނެ ކަަމަށާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުނި މެނޭޖް ކުރުމަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް އެއް މައްސަލައެއްގެ ގޮތުގައި އޮތް ބޮޑު މައްސަލައެއް ކަމަށާއި، އެކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ވަށާ ޖެހޭ ހައްލެއް ގެނެސްދޭން ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ހިނގާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިރަށުގައި ގާއިމް ކުރެވިފައި ހުރި މަރުކަޒަށް، އޭގެ ތެރެއިން ތަކެތި ހަމަކޮށްދިނުމަކީ ކުރަން ޖެހިފައި އޮތް ކަމެއް، އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން، އަދި ހަމައާއެކު ދެން ވެސް ހުރި ގިނަ ކަންކަމުގައި މި އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެ ދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަށް،”. ރައީސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
