
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އދ. ދަނގެތީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް ތަކްލީފުތަކެއްގެ ތެރެއިންވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ބަނދަރުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް، އަންނަ އަހަރު ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަ ކުރެވޭ ފަދަ ގޮތަކަށް ކަމަށާއި، މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މިރަށުގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިރަަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު އޮތީ ބިން ހިއްކައިގެން ކަމަށް ވާ އިރު، ފުރުސަތު އޮތް މިންވަރަކުން އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށާއި ނޫން ނަމަ 2026 ވަނަ އަހަރަކީ، އެރަށު ފަޅުތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަވާދެއްވާ، ގޯތި ދޫކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަވާދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
އޭގެ އިތުރުން ތައުލީމާއި، ސިއްހީ ދާއިރާއިން އެރަށަށް ބޭނުން ވެފައިވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި، މިރަށަށް ފަދައިން އެ އަތޮޅުގެ އެހެން ރަށްރަށަށްވެސް ދިމާވެފައި އިޖުތިމާއީ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން، ދީނީ ކަންކަމާއި ކުޅިވަރުގެ ރޮނގުން މަޝްރޫޢުތައް ހިންގަވާނެކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އޮތް ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ސަރުކާރުން މި ހުރިހާ ކަމެއްވެސް ކުރައްވަނީ ވަޅުޖެހިފައި އޮތް އިގްތިސޯދެއް ނަގާ ކޮޅަށްޖަހަމުން ކަމަށާއި، ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރުކުރުމުގެ އަމާޒަށް ވާސިލު ވަނީ ފައިސާ ޗާޕުކުރުމަކާއި ނުލާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން މަޝްރޫއުތައް ހިންގެވުމުގައި ކުޑަރަށެއް، ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
