
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރާއި ތޮޅެން ފަސޭހައެއް ނުވާނެ ކަމަށާއި، މިތިބީ ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) ރޭ ވިދާޅުވެއްޖެއެވެ. ދަނގެތީގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ވިދާޅުވީ، މިއަދު ރައީސް ޑރ. މުހަައްމަދު މުއިއްޒު ގައުމަށްޓަކައި، ރައްޔިތުންނާއި ކުރިމަގަށްޓަކައި ނަންގަވަމުން ދަނީ ވަރަށް އުނދަގޫ، ދަތި ނިންމުންތަކެއް ކަމަށާއި، އެއީ ޖެހިލުންކުޑަ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށެވެ. އަދި މިފަދަ ނިންމެވުންތަކުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފާޑުވެސް ކިޔުއްވާ ކަމަަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ކޮންމެހެން ކުރަަން އަދި ނިންމަން ޖެހޭ ކަންކަން ރައީސް ތަރުތީބު ކުރައްވަމުން ގެންދަވާ ކަަމަށެވެ. “މިއީ ނޫންތޯ ހަގީގަތަކީ، ހަގީގަތް އެނގިތިބެ، ރައީސްގެ އަގު ވައްޓާލަން ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެ، އަޅުގަނޑު އަދި ރައްޔިތުންގެ މަޖިލީސް މެންބަރުން މިތިބީ ފިސާރި ކެރިގެން ރައީސްގެ ފަހަތްޕުޅުގައި، ފިސާރި ޖޯޝުގައި، ސަފްތައް މިއޮތީ ގަދަކޮށް، އެހާ ފަސޭހައެއް ނުވާނެ މި ސަރުކާރާއި ތޮޅޭކަށް، ފަސް އަހަރު ވަންދެން ގޭގައި މަޑުކޮށްލައްވާ،”. އަބްދުﷲ ވިދާޅުވިއެެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
