
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އދ. ދަނގެތީގައި ގާއިމުކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފައްޓަވައި ދެއްވައިފިއެވެ. ދަނގެތީގައި ގާއިމުކުރި ނަރުދަމާގެ ނިޒާމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. ސަރުކާރުން އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑާއެވެ.
އާބާދީގައި 1،300 އެއްހާ މީހުން ހިމެނޭ ދަނގެތީގައި އެ ރަށަށް އަރައި ފައިބާ މީހުންނާއެކު އެވްރެޖްކޮށް 2،000 ވަރަކަށް މީހުން ދިރިއުޅެއެވެ. ސަރުކާރުގެ ހަރަދުގައި ފެނުގެ ނިޒާމު 2018 ގައި ފުރިހަމަ ކުރި ނަމަވެސް މި ފަހަކާ ޖެހެންދެން ހުރީ ހިދުމަތް ދެވޭ ހާލަތަކު ނޫނެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތުން އެ ހިދުމަތް ވަނީ ފައްޓަވައި ދެއްވައިފައެވެ.
ދަނގެއްޗަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބަނދަރުގެ މައްސަލައެވެ. ބަނދަރު ކުޑަވެ، އޮދިދޯނިފަހަރު އެޅުމަށް އުނދަގޫވެ، އެ ރަށަށް އަރައި ފޭބުމަށް އިންތިހާ އަށް ވަނީ ދަތިވެފައެވެ. ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ކުރީގެ ސަރުކާރުގެ ބަޖެޓު ފޮތްތަކުގައި އެތައް ފަހަރަކު ޖެހިއިރު، އެއީ ރައްޔިތުންނަށް ދަޅަ ދައްކަން ކުރި ކަމެކެވެ. އެ މަޝްރޫއުގައި ސޮއިކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުހިނގައެވެ.
އެހެންވެ، ބަނދަރު އަލުން ހަދައި، ގޮނޑުދޮށް ހިމާޔަތް ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެކެވެ. ދަނގެތީގެ ބިން ވަނީ ފުރިފައެވެ. އެހެންވެ، ދަނގެތި ހިއްކައި އެ ރަށުގެ ރައްޔިތުންނަށް ގެދޮރު ދޫކުރަން ވެސް ވަނީ މަޖުބޫރުވެފައެވެ. ދަނގެއްޗަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ރަށެކެވެ. ހަމައެކަނި ދަނގެތީގައި 300 އެނދު މިވަގުތު އޮޕަރޭޓް ކުރަމުންދާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން އިތުރު 200 ވަރަކަށް އެނދު އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
