
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އެނދުމުން ވަރަށް ބޮޑު އަސަރެއް ކުރި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާ އިރު، ބައެއް ކަންކަމަކީ ހިނގާ ހާދިސާތައް ކަމަށެވެ. އެ ވާހަކަ ވިދާޅުވުމަށް ފަހު، ރައީސް ފާހަގަ ކުރެއްވީ ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. ރައީސް ވިދާޅުވި ގޮތުގައި ތިން މިނިސްޓްރީ ވެސް “އަނދައިގެން ތިރިވެގެން” ދިޔައީ އެމަނިކުފާނުގެ ލޯފުޅު ކުރިމަތީގައެވެ.
“ކޮންމެ މިނިސްޓްރީއެއްގެ، ކޮންމެ އިމާރާތަކަށް ލިބުނަސް އޭގެ އަސަރު އަޅުގަނޑަށް ކުރާނެ. ނަމަވެސް ޕާސަނަލީ ވަރަށް ބޮޑު އަސަރެއް ކުރި،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވި ގޮތުގައި އެ ތަނުގައި ހިނގަމުން ދިޔަ ތިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލަކީ މީގެކުރިން އެމަނިކުފާނު އިސްކޮށް މަސައްކަތްޕުޅު ކުރެއްވި ތަންތަނެވެ. ގާތްގަނޑަކަށް ހަތް އަހަރު އެ ތިން މިނިސްޓްރީ އެކި ގޮތް ގޮތުން ހިންގެވި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
“ރައީސް ވަހީދު، އެންމެ ފުރަތަމަ އަޅުގަނޑު އައްޔަން ކުރީ ހައުސިން އެންޑް އެންވަޔަރަމަންޓް ކިޔާ މިނިސްޓްރީއަކަށް. އެހެންވީމަ މިހާރުގެ ތިން މިނިސްޓްރީ އެއްކޮށް އެއީ. ދެން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ބަދަލު ކުރެއްވީ. ދެން ރައީސް ޔާމީން ވެސް ހައުސިން އިންފްރާސްޓްރަކްޗާ ހަވާލު ކުރެއްވީ. ދެން މާލެ ސިޓީ މޭޔަރަކަށް ފަހުން ހުރީ. އެހެންވީމަ މި ހުރިހާ ތަނެއް ހިނގާ އިމާރާތް، އެތައް އަހަރެއްގެ މަސައްކަތް ކުރި ތަން، އެތައް މުވައްޒަފުންނާ އެކީގައި މަސައްކަތް ކުރި ތަން ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްކޮށް އަނދައި ހުލިވެ، ބިންމައްޗަށް ތިރިވެގެން ދިޔައީމަ ވަރަށް ބޮޑު އަސަރެއް ކުރީ،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ގޮންޖެހުން ނެގީ ވަރަށް ބޮޑު ހިތްވަރަކާ އެކުގައެވެ. އެގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން އެކުގައި އަތުކުރި އޮޅާލައިގެން ނުކުމެ، އަލުން މަސައްކަތަށް ނުކުތުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 8 ޖަހާއިރު، މި ތިން މިނިސްޓްރީގެ ހިދުމަތް ވެސް ރައްޔިތުންނަށް ދޭން ފަށާނެ. ދަރުބާރުގޭގައި އެ މަސައްކަތް ފެށެނީ،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިފަދަ ގޮންޖެހުން ކުރިމަތިވި ކަމުގައި ވިޔަސް، ހިތްވަރު ބައްޔެއް ނުވާނެ ކަމަށެވެ. އަދި ހިތްވަރާ އެކުގައި ވަރުގަދަ އަޒުމެއްގައި ކުރިމަތިވާ ކޮންމެ ކަމަކާ ކުރިމަތިލައިގެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކެރިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މި ސަރުކާރުން ކުރިއަށް ދާނެ ގޮތަކީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރައްޔިތުންނަށް ފޮނިވާނެ،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
