
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރަމަޝާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.
އދ. ދަނގެތީގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް، ވަރަށް ނިކަމެތި ގޮތެއް ހަދާފައި އޮންނަ ކޮމިޓީތަކެއް ކަމަށެވެ. ނަމަވެސް އެއީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވަރަށް ގިނަ ކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ތަފްސީލް ގޮތެއްގައި ވިދާޅުވެ ދެއްވައިފައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވޭ އިރު، ސަރުކާރުގެ ފަރާތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ހުށަހަޅާނެ ކަމަށެވެ. އަދި އެކަމުގައި ދުވަސްކޮޅެއް ނެގީ ހާއްސަ ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ޑަބްލިއުޑީސީގެ މަސައްކަތް ކުރާ މުވައްޒަފުންނަކީ ފުލް ޓައިމް ވަޒީފާއެއް ނޫން. ނަމަވެސް ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ މެމްބަރުންތަކެއް. އެހެންވެ، އަޅުގަނޑު ވައުދުވީ އެ ލިބިލައްވާ އެލަވަންސަކީ މުސާރައެއްގެ ގޮތުގައި ހެދޭނެ ގޮތް ގާނޫނުން ކަނޑައަޅައިދީ ތިޔަބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން.” ރައީސް ވިދާޅުވިއެވެ. “އެއީ ރޯދަ މަހުގެ އިނާޔަތް ލިބުން. ވިހެއުމުގެ ޗުއްޓީ ނެގުން، އެ ލިބޭ މުސާރަ ނޫނީ އެލަވަންސް ބޭންކްތަކުން ރިކޮގްނައިޒްކޮށް އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ލޯންތަކަށް ދެވޭ ގޮތް ވުން. އެކިއެކި ތަންތަނުގެ ފެސިލިޓީތަކަށް ފުރުސަތު ލިބިގެން ދިއުން. މިކަންކަން މިހާރަކު ނުވޭ،”

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިކަންކަން ކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހެއެވެ. “ދެން މަޖިލިސް ހުޅުވޭއިރު އިރާދަކުރެއްވިއްޔާ މި އިސްލާހުތައް ހުށަހަޅައިދޭނަން ފެބްރުއަރީ މަހު ކުރީކޮޅު،” ރައީސް ވިދާޅުވިއެވެ.
“އަދި އެއާ އެކު އިސްލާހުތައް ގެނެސް މި އަންނަ ރަމަޟާން މަހުން ފެށިގެން، ކޮންމެ ރަމަޟާން މަހަކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން.” އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ހޯދައި ދެވޭނެ ގޮތްތައް ފަހި ކުރުމަށެވެ. އަދި މިކަން ކުރަން ބޭނުން ވަނީ ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހދ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން، ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށް، ވާދަކުރި ތިން ގޮނޑި ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައިފައެވެ. ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ރައްޔިތުން ދެެމުން އަންނަ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު ދަންނަވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
