
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ މުޖުތަމައުއަކީ ދުޅަހެޔޮ މުޖުތަމައުއެއްގެ ގޮތުގައި އޮތުމަށް މަގުފަހިވުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ވޭޕް މަނާ ކުރުމާއި ދުންފަތާ ދުރު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރައްޔިތުން ބޭނުންވެގެން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއް ކަމަކަށް އެއްބަސްވާނަމަ އެއްބަސްވާނެ އެއް ކަންތައް ކަމަށެވެ.
ހަމައެހެންމެ ދުންފަތާ ދުރުވުމަށް އެހީވުމަށް “ޓޮބޭކޯ ސިޒޭޝަން ކްލިނިކް” މުޅި ރާއްޖޭގައި ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެއިން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ވަރުގަދަކޮށް އެ ނިޒާމަށް މީހުން ހޭލުންތެރިކުރުމަށް ފަށާ މަސައްކަތަކީ ދުޅަހެޔޮ މުޖުތަމައުއެއް އޮތުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
ގިނަ ޑޮކްޓަރުން ތިބުމަކީ ސިއްހީ ނިޒާމްގެ މުޅި ހައްލު ނޫން ކަމަށާއި، އެއީ ދުނިޔެ ދައްކަމުންދާ ހަގީގަތްކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ސިއްހީ ނިޒާމް ބައްޓަން ކުރެވިފައި ހުރީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދޭ ސަމާލުކަން އިތުރުކޮށް ހަމައެއާއެކު ބޭސްފަރުވާ ކުރަން ޖެހޭ ހާލަތުގައި ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމް ތަންފީޒު ކުރުމަށް ކަމަށެވެ. މީގެ އިތުރުން މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އާސަންދަ ނިޒާމް ހަރުދަނާކޮށް އެ ނިޒާމުން އެންމެ ރަނގަޅު ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް އާސަންދަ ނިޒާމްގެ ތެރެއިން ލިބެމުންދާ އެއްވެސް ހިދުމަތެއް އެއްވެސް ރައްޔިތަކަށް އުނިވެގެންނުދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
