
ހދ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން، ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލެ އާއި ކުރިނބީގައި ބޭއްވި އިންތިހާބުގައި 327 މީހުން ވޯޓުލިއެވެ.
ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުކޮށްފައިވަނީ ޕީއެންސީގެ މެމްބަރު ކަމަށްވާ އެ ރަށު، ވީނަސް ފާތުމަތު ނާފިޒާ އިސްމާއިލް އާއި އެ ރަށު އެ ރަށު ދޫގަސް، އީނާސް އާދަމާއި އެ ރަށު ފަލަކު، ރާނިޔާ މުހައްމަދެވެ. ބައި އިލެކްޝަންގައި ނާފިޒާ ވަނީ 165 ވޯޓު ހޯއްދަވައިފައެވެ. ރާނިޔާ 164 ވޯޓު ހޯއްދެވި އިރު، އީނާސް ވަނީ 163 ވޯޓު ހޯއްދެވިއެވެ. މި ކެންޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމުގައިވާ އެ ރަށު ހަވާސާ، ފާތުމަތު ޝައިނާ އާއި އެ ރަށު ފެން ފިޔާޒުގޭ އިފާގާ އާދަމާއި އެ ރަށު ކަނީރުމާގޭ ފިރާޝާ އަލީއެވެ.
ބައި އިލެކްޝަންގައި ޝައިނާ އަށް ލިބުނީ 124 ވޯޓެވެ. އިފާގާ އަށް 153 ވޯޓު ލިބުނު އިރު، ފިރާޝާއަށް 127 ވޯޓު ލިބުނެވެ. ފަހަކަށް އައިސް، ރާއްޖޭގައި ބާއްވަމުން އަންނަ ބައި އިލެކްޝަންތައް ކާމިޔާބު ކުރަނީ ޕީއެންސީންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
