
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި އދ. ދަނގެއްޗަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް މިއަދު ދަންނަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ދަނގެއްޗަށް ވަޑައިގަންނަވާތީ ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. އޭގެ ތެރޭގައި ކުދި ބޮޑު ގިނަ ބަޔަކު ހިމެނޭ އިރު، ރަށް އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެގޮތުން ދިވެހި ގައުމީ ދިދަ އިން ބަނދަރުމަތި އޮތީ ވަރަށް ރީތިކޮށްލައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހަމައެއާއެކު، ކުދި ބޮޑު ގިނަ މީހުންގެ އަތުގައި ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދަ އޮތެވެ. މި އެންމެންނާ ސަލާމަތް ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ގާތްގަނޑަކަށް 15 މިނެޓު ހޭދަކުރައްވައިފައެވެ. މިއީ މި ފަހުން ފެނުނު އެންމެ ހިތްގައިމު އެއް މަރުހަބާ ކިޔުމެވެ.
ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވަނީ ދިވެހިން ކުރީ ޒަމާނުގައި ކޮށް އުޅުނު މަސައްކަތްތައް ބައްލަވާލައްވައިފައެވެ.
ރައްޔިތުންގެ ރައީސް @MMuizzu ދަނގެތީގެ ސަޤާފީ ޙަރަކާތް ބައްލަވާލެއްވުން.#RayyithungeRaees pic.twitter.com/PLdogtuI8K
— RaeesMuizzu (@raees_muizzu) December 14, 2024
ރައީސް ޑރ. މުއިއްޒު ދަނގެތި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރެއެވެ. އޭގެ ކުރިން، ބައެއް ކައުންސިލްތަކާ އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު ދަނގެތި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު މާދަމާ މެންދުރު ވަޑައިގަންނަވާނީ އދ. އޮމަދޫއަށެވެ. އަދި އެއަށް ފަހު އދ. މަހިބަދޫ އަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އދ. އެކި ރަށްރަށުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫއުތައް ތަރުތީބު ކުރާނެ ގޮތާ މެދުގައި މަޝްވަރާ ކުރައްވާނެއެވެ.
އެގޮތުން ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް 185 ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
