
ހައުސިންގ އާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަށާއި، ހައުސިންގ ލޯނުތަކާ ބެހޭ މައުލޫމާތުތައްވެސް ކްލައުޑްގައި ރައްކާކުުރެވިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ އަލިފާނުގެ ޙާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިނިސްޓްރީތަކުގައި ހުރި ބައެއް ޑޭޓާ ގެއްލިގެން ގޮސްފައިވާކަމަށް ވާހަކަ ދެކެމުންދާ ކަމަށެވެ. އެހެން ނަމަވެސް “ފުދޭ ވަރެއްގެ” ގިނަ ޑޭޓާ ސްޓޯ ކުރެވިފައިވާ ކަމަށާއި އެތަކެތީގެ ބެކަޕް ނެގިފައި ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެސެސް ކުރަމުން މި ގެންދަނީ އަޅުގަނޑުމެން އަތުން މަދުވެގެން ދާނީ ކޮން އެއްޗިއްސެއްތޯ. އޭގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި، ސީދާ ރައްޔިތުންނާ ގުޅުންހުރި ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާ ކަމަށް، މިހާރު ވެސް އެބަ ހުރިކަން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ.” މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން ލޯނުތަކުގެ ހުރިހާ މައުލޫމާތެއް ވެސް ނުގެއްލި، ކްލައުޑްގައި ހުރިކަމުގެ ޔަގީންކަން ދެއްވާ މުއްތަލިބް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދޭން ބޭނުންވާ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް ދައުލަތުގެ ވަރަށް ބައިވަރު މައުލުމާތު ތަކެއް ގެއްލިގެން ނޫން މިއުޅެނީ، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ، ސަރުކާރު ކަންތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންފޯމެޝަންތައް އަޅުގަނޑުމެންނަށް ރިކަވާ ކުރެވޭނެ، އެ އެއްޗެހިތައް އެވެއިލަބަލް ވާނެ އެހެންވީމަ އެކަމަށް ރައްޔިތުން އެކަމަށް އެހާބޮޑަށް ކަންބޮޑު ނުވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް” މިނިސްޓާރ ވިދާޅުވިއެވެ.
މިވަގުތު 3 މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދަނީ ދަރުބާރުގޭގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު އާންމު ޚިދުމަތްތައް މާދަމާއިން ފެށިގެން ފެށޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އަނދައިގެން އެ ދިިޔައީ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކެއް ހިންގަމުންދިޔަ އޮފީހެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
