
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ގިނަ މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގައި ހިންގަމުންދިޔަ މިނިސްޓްރީތަަކަށް ދަރުބާރެގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހައުސިންގ މިނިސްޓްރީގެ މަސައްކަތް އާދީއްތަ ދުވަހު އަލުން ފެށޭނެ ކަަަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.
މިއާއެކު އެ ތިން ވުޒާރާ ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ހައިދަރް ވިދާޅުވީ، އާދީއްތަ ދުވަހު އެ ވުޒާރާގެ މަސައްކަތް ފެށޭނެ ކަމަށެވެ. ހައިދަރް ވިދާޅުވީ، އެ ވުޒާރާގެ ސާވާ އެއްވެސް ވަރަކަށް ސަލާމަތް ނުކުރެވުނު ކަމަށާއި، ނަމަވެސް ފްލެޓް ލިސްޓާއި، މަޝްރޫއުތަކާއި ގުޅޭ މުހިންމު މައުލޫމާތު ރައްކާ ކުރެވިފައި އެބަ ހުރި ކަަމަށެވެ.
“ނަސީބަކުން އަޅުގަނޑުމެން ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތަކާއި ގެދޮރުވެރިކަމުގެ މަޝްރޫއާއި ބިންވެރިކަމުގެ ހުރިހާ މަޝްރޫއެއްގެ މައުލޫމާތެއް ރައްކާކުރަމުންދިޔައީ ކްލައުޑުގައި. އެހެންވީމަ ސާވާއަށް ގެއްލުން ލިބުނަސް އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބެން ހުންނާނެ ކްލައުޑުން، އެއީ އަޅުގަނޑުމެންނަށް ދުރަށް ވިސްނާފައި ކުރެވުނު މަސައްކަތެއް،”. ޕީއެސްއެމްއަށް ހައިދަރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
