
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލޭގައި ހުރި ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ އަލިފާންގަނޑު ނިއްވުމާއެކު އާއްމު ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ވެސް ވަނީ ރޯވެފައެވެ. އެ އޮފީހަކީ އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތާއި ގެތަކުގެ ރަޖިސްޓްރީ ހުންނަ ތަނެވެ. އަލިފާނުގެ ހާދިސާގައި އެ އޮފީހުގައި ރޯވެ، މުހިންމު ލިޔެކިޔުންތަކެއް އަނދާފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން އަދިވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާން ރޯވި ސަރަހައްދުގައި ހުންނަވައި ދައުލަތުގެ މީޑިއާ “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުރި މަސައްކަތަކީ ދުމުގެ އަސަރުކުރި ހިސާބުތަކުގެ ގޭގެ މީހުން ސަލާމަތުގެ އައްސޭރިތަކަށް ގެންދިއުން ކަމަށް ޣައްސާން ވިދާޅުވިއެވެ. ” ސަަބަބަކީ ވައި ހުރި ގޮތަށް އަލިފާން އިތުރަށް ފެތުރިދާނެތީ އެއްވެސް ފުރާނައަކަށް ގެއްލުން ލިބުމަކީ އެދޭނެ ކަމެއް ނޫން. އެމަސައްކަތް ނިމުނު އިރު އަލިފާންގަނޑު ހުރީ ފުދޭވަރަކަށް ބޮޑަށް ހިފާފައި. އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ބޭނުންކޮށްގެން ކެނޑިނޭޅި މަސައްކަތްކުރަމުން މިގެންދަނީ.” ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އެމްއެންޑީއެފްގެ އަލިފާން ނިއްވާ ހުރިހާ އާލަތްތަކާއި އިތުރު މުވައްޒަފުންނާއެކުވެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމްއޭސީއެލްގެ ވެހިކަލްތައްވެސް އަލިފާން ނިއްވުމަށް ބޭނުން ކުރަމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
