
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރޭ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ޖަލްސާ ބޭއްވީ މަސްވެރިންގެ ބައިވެރިވުން ހޯދަން ކަމަށާއި ނަމަވެސް ހެޔޮވަރުގެ ބޮނޑިއެއް މަސްވެރިން އެމްޑީޕީއަށް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ 10 ޑިސެމްބަރުގައި އެމްޑީޕީން ޖަލްސާ ބޭއްވީ ހިތުން މަސްވެރިން ބޮލަށް ޗިޕްޖަހާގެން މަސްވެރިންގެ ބައިވެރިވުން ހޯދުމަށް ކަމަށެވެ.
“އެކަމަކު ހެޔޮވަރުގެ ބޮނޑިއެއް މަސްވެރިން އެމްޑީއަށް ދީފި. މަސްވެރިންނަށް އެނގޭ ނުދެވޭވަރުގެ އަގެއް މަސްކިލޯއަކަށް ދޭނަމޭކިޔާ ދޮގުހެދީ އެމްޑީޕީ ސަރުކާރުންކަން. މަސްވެރިން މާސްމާޓް. ޗިޕެއް ނުޖެހޭނެ.” ޝުޖާއު ވިދާޅުވެފައިވެއެވެ. އިއްޔެއަކީ މަސްވެރިންގެ ދުވަސްކަމަށްވީއިރު، އެމްޑީޕީން ރޭގައި ވަނީ އެޕާޓީގެ ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބާއްވާފައެވެ. ރޭގެ އެ ޖަލްސާގައި ކުރީގައި އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ލީޑަރުން ބައިވެރިވެފައިވެއެވެ.
ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި “ޤާނޫނު އަސާސީގެ ދިފާއުގައި” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވި ގޮތުގައި މިރޭގެ ޖަލްސާ ބޭއްވުމުގެ މަޤްސަދު ޖަލްސާ ފެށުމުގެ ކުރިން ހާސިލްވާން ފަށައިފިއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް އަޑުކިޔާފައި މި ދެތިން ދުވަހު ފުއްދާނެ ކަމުގެ ވައުދު ސަރުކާރުން ދަނީ ވެވަޑައިގަންނަވަމުން ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި މެދު ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައިކަން ފާހަގަކުރައްވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ވެރިންނަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
