
ފޮޓޯ ކްރެޑިޓްސް: ވަގުތު
ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަސް ޕްރޮސެސިންގެ ކްޕޭސިޓީ 300 ޓަނަށް ބަދަލުވެގެންދާނެ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން 5 ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރަންޖެހޭކަމަށާއި، އެފައިސާ މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ޚިދުމަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްދާ ހުރި ކަމަށާއި، ފައިސާ ޗާޕުކޮށް، މާލީ އެއުނދަގުލާއި އެކުވެސް މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ.
” އަޅުގަނޑު ހިތަށްއަރާ ފައިސާ ޗާޕުކޮށްގެން ކޮން ބިލްތައްކެއްބާ މި ދެއްކީ. ކުދި ވިޔަފާރިތަކުގެ ބިލް ހުރި ބިލިއަނުން. 7000 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ. އެހެންވީމަ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކޮށްފަހުރި ކަންތައްތަކެއްމީ. ފައިސާ ޗާޕުކުރަމުން އައިސްވެސް ފައިސާ ޗާޕުކޮށްގެން ބިލްތަކަށް ފައިސާ ނުދައްކައި ހުރުންވެސްމީ ވަރަށް ސުވާލު އުފައްދާކަމެއް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބާޒާރުގައި ރާއްޖޭގެ މަހުގެ އެޑްވާންޓޭޖް ނަގާ ކަމަށާއި، ރާއްޖޭގެ މަހުގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ދެއަހަރު 300 ޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.
” ކުރިއަށް އޮތް ދެއަހަރު މަހުގެ ކެޕޭސިޓީ 300 ޓަނަށް ބަދަލުވެއްޖެކަމަށްވަންޏާ ސަރުކާރުގެ އެހިރަ ކެޕޭސިޓީ ރާއްޖޭއަށް ބާނާ މަހުގެ %90 އަގު އެއްކުރެވޭނެ ކެޕޭސިޓީ އޭރުން ގާއިމްކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
